މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޮއިމަންޓް ވަޒީފާގެ ފުރުޞަތު

 (IUL)337/337/2018/10ނަމްބަރ 

 

ވޭޖް އެމްޕްލޮއިމަންޓް ވަޒީފާގެ ފުރުޞަތު

 

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަސައްކަތު

މަޤާމް:

02 (ދޭއް)

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

އެސް.އެސް.1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަޤާމް އޮތް އޮފީސް:

ކ.މާފުށި ކުރީގެ ހުކުރު މިސްކިތް،މަސްޖިދުލް ފާރޫޤް،ކަތީބު ޙުސައިން މަނިކު މިސްކިތް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސައްކަތްކުރާ ގަޑިއިރަކަށް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

ރޭންކު

ވަޒީފާގެ ޝަރުތު

މަޤާމް:

މާޤާމްގެ ރޭންކް ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު އަދި މަސައްކަތްކުރާ ގަޑިއިރަކަށް ޖެހޭ ފައިސާގެ ޢަދަދު

40.00 ރުފިޔާ

05 ގަޑިއިރު

SS1

ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

މަސައްކަތު

  1. ކޮންމެ ނަމާދުވަގުތަކަށް މިސްކިތަށްގޮސް މިސްކިތާއި ފާޚަނާއާއި އިސްކުރުބަރި ސާފުކުރުން.
  2. މިސްކިތުގައި ބޭނުންކުރާ ފާޚަނާތައް ކޮންމެ ދުވަހަކު އެއްފަހަރު ދޮވެ ސާފުކުރުން.
  3. މިސްކިތުގެ ގޯތިތެރެ ކޮންމެ ދުވަހަކުވެސް ކުނިކަހާ ސާފުކުރުން.
  4. މިސްކިތުގައި ބޭނުންކުރާ ހަރުގަނޑުތަކާއި، ކުޑަދޮރުތަކާއި، ދޮރުފަތްތަކާއި،ފެންލައިޓްތަކާއި، ލޫވާރ އަދި މިނޫނަސް ހިރަފުސް ހަރުލާފައި ހުންނަ ފަރުނީޗަރ ތަކާއި ތަންތަން ހަފްތާއަކު 03 ދުވަހު ފޮޅާ ސާފުކުރުން.
  5. މިސްކިތު ގޯތި ތެރޭގައި ގަސް އިންދައި ހައްދައި ކޮންމެ ދުވަހަކުވެސް ފެންދީ ބެލެހެއްޓުން.
  6. މިސްކިތުގައި ބޭނުންކުރާ ބެޓްރީ ލައްވާ ގަޑި ފަދަ ތަކެއްޗާއި އޮޓޯ ސްވިޗާއި ކެޕޭސްޓަރު ފަދަ ތަކެތި ލައްވައިގެން ބޭނުންކުރާ ތަކެތި ރަނގަޅަށް ބަލައި ބެލެހެއްޓުން.
  7. ހަފްތާއަކު އެއްފަހަރު މިސްކިތު ގޯތިތެރެ ވިނަ ނޮޅާ ސާފުކުރުން.
  8. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުދިމު/ އިމާމަށް އަންގަމުން ގެންދިޔުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިބިފައިވާ ތަޢުލީމީ ތަޖުރިބާ.
  2. މިއިދާރާއިން ލިބިފައިވާ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި،ޤާބިލްކަމާއި،ފެންވަރާއި ބޭނުންވާ ސިފަތައް.
  4. މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝންގެ www.csc.gov.mv  ވެބްސައިޓުން  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 6640073 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

  

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 އޭޕްރީލް 2018 އާއި 19 އޭޕްރީލް 2018   އާ ދެމެދު، މާފުށީ ކައުންސިލް އިދާރާގެ މީޓިން ރޫމް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %25 އިންސައްތަ ލިބެންޖެހޭނެ އެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6640073 / 9196614 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6640073 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން:

 

 

           22  ރަޖަބު 1439

           08 އޭޕްރީލް 2018

 

 

08 އޭޕްރިލް 2018
ހޯދާ