އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކުނި އުފުލުމުގެ ޤަވައިދުގެ ދަށުން ފިޔަވަޅުއެޅުން

                                                                                     ނަންބަރު:  (IUL)203-WMPP/1/2018/8 

 

ޢިޢުލާން 

 

               ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު 2013/R-58 އާ ޙިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ކުނި މެނޭޖްކުރުމާއިބެހޭ ގަވާއިދުގެ ދަށުން އުޅަނދުފަހަރުގައި އެއްތަނުން އަނެއްތަނަށް ކުނި ގެންދަންވާނީ ކުންޏާއި އޭގެ ވަސް މާޙައުލަށް ނުފެތުރޭގޮތަށް ރަނގަޅަށް ނިވާކޮށްގެންނެވެ. ހަމަމިއާއިއެކު ކުނި ގެންދިއުމުގައިވެސް ޢަމަލުކުރަންވާނީ ކުންޏާއި އޭގައި އެކުލެވޭ ދިޔަ މަގުމައްޗަށް ނޭޅޭގޮތަށެވެ. އެގޮތުން، ކުނި އުފުލާ އުޅަނދުފަހަރު ހުންނަޖެހޭނެ ގޮތުގެ ކުރެހުމެއް ތައްޔާރުކޮށް އިއުލާން ކުރީމެވެ.

1 މެއި 2018 އިން ފެށިގެން މި މިންގަޑާ ޙިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު މިއެޖެންސީއިން ފިޔަވަޅު އަޅަމުންގެންދާނެވާހަކަ ދަންނަވަމެވެ. އަދި މި މުއްދަތުގެ ފަހުން މި މިންގަނޑަށް ޚިލާފަށް ކުނި ބަރުކޮށްގެންދާ އުޅަނދުފަހަރުގެ ކުނި މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބަލައި ނުގަންނާނެކަން އަންގަމެވެ.  

16 ރަޖަބު  1439

02 އޭޕްރީލް 2018

 

02 އޭޕްރިލް 2018
ހޯދާ