މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫގައި ޤާއިމް ކުރެވޭ ބަށި ކޯޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ފޮއްދޫގައި ޤާއިމް ކުރެވޭ ބަށި ކޯޓްގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުން

        ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން  މިރަށުގައި ޤާއިމް ކުރާ ބަށި ކޯޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިއިދާރާއިން ކުރި ނަންބަރ (IUL)296-A/296/2018/14 އިއުލާންއަށް އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ އެމަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

       

މަސައްކަތާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ

2018 އޭޕްރީލް 04ވާ ބުދަ ދުވަހުގެ 13.00ގައި ފޮއްދޫ ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށައަޅުއްވާނީ

2018އޭޕްރީލް 12ވާ ބުރާސްފަތި ދުވަހުގެ 13.00ގައި ފޮއްދޫ ކައުންސިލް އިދާރާގައި

        މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

29 މާރިޗު 2018
ހޯދާ