އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރޭނީ

މަޤާމް:

އޭ.ވީ.އެސް ޓްރެއިނީ

މަޤާމުގެ ނަންބަރު:

J-272567, J-272646, J-272647, J-272648, J-272649, J-272650, J-272651,

 J-272652, J-272653, J-272654

ބޭނުންވާ އަދަދު:

 • އަންހެން- 8
 • ފިރިހެން- 2

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް-2

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

ސެކްޝަން:

އޮޕަރޭޝަނަލް މެނޭޖްމަންޓް ސެކްޝަން

މަޤާމް އޮތް އޮފީސް:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކޮންމެ އެއަރޕޯރޓެއްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.

މުސާރަ:

މަހަކު -/5920 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/ 1500ރުފިޔާ

އިތުރު ޢިނާޔަތްތައް:

 1. ކޮއްތު ފައިސާ -/60ރ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
 2. ސްޕެޝިއަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35 (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
 3. ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150ރ
 4. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
 5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 6. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. ވަޒީފާއަށް ވަނުމާވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
 2. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން އައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަޑައަޅާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން.
 3. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަން ކުރާ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން، މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
 4. އެއަރޕޯރޓްގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިޔާތަކަށާއި މަތިންދާބޯޓް ފަހަރަށް ނުރައްކާތެރި ތަކެތި ގެންދިއުން ހުއްޓުވުމަށް، މި ސަރަހައްދުތަކަށް އެކްސެސްވާ މީހުންނާއި ދާގީނާތަކާއި ވެހިކަލްތަކާއި އަދި އެވެހިކަލްތަކުގައި ގެންދާތަކެތި ބަލައި ފާސްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 1. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން. ނުވަތަ
 2. އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ނުވަތަ ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ޙާޞިލްކޮށްފައިވުން.

 

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ކިބައިގައި ހުންނަންވާ އެހެނިހެން ސިފަތައް:

 1. ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައިވުން.
 2. އިސްކޮޅުގައި '5 (ފަސް) ފޫޓް ހުރުން.
 3. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ގަބޫލުކުރެވޭ މިންގަނޑަށް ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރުން (އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނީ އޭވިއޭޝަން މެޑިކަލް (ކްލާސް 3) ގެ މެޑިކަލް ހެދުމަށްފަހު އެ މެޑިކަލް އިން ފާސްވާފަރާތްތަކަށެވެ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 1. ތަޢުލީމާއި ތަމްރީނަށް (ލިބިފައިވާ އިތުރު ތަޢުލީމާއި ދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ތަމްރީން) %38
 2. އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
 3. މަސައްކަތުގެ ތަޖްރިބާ (ވަޒީފާއާގުޅޭ ތަޖުރިބާ/ އެހެނިހެން ތަޖުރިބާ)
 4. ލިބިފައިވާ ހުނަރު (އިންޓަވިއު/ އިމްތިހާން) %43

 

މީގެ އިތުރުން ތިރީގައި މި ދަންނަވާ ކަންތައްތަކަށް ބެލޭނެއެވެ.

 • ރީޖަނަލް އެއަރޕޯރޓްތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
 • ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތް ކުރެވޭނެ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
 • ޔުނިފޯރމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
 4. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
 2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސާރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއޯރޓަރޒް އިން ލިބެން ހުންނާނެއެވެ. އަދި މިކޮމާންޑުގެ (www.avsecom.gov.mv) ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ15:00 ގެ ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2ގެ 1 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ hr@avsecom.gov.mv އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 އޭޕްރީލް 22 އިން 2018 އޭޕްރީލް 30  އާއި ދެމެދު، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

މި މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުން، ތަޢުލީމާއި ތަޖުރިބާ އަށް ބަލައި ޝޯޓް ލިސްޓް ކުރުމަށްފަހު، އެންމެ މަތީން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އަދަދެއްގެ ފަރާތްތަކާއި އިންޓަރވިއު ކުރެވޭނެއެވެ. އެގޮތުން ތިރީގައި އެވަނީ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެވެ.

 • އަންހެން- އިންޓަވިއު ކުރެވޭނީ 40 ފަރާތާއެވެ.
 • ފިރިހެން- އިންޓަވިއު ކުރެވޭނީ 10 ފަރާތާއެވެ.

    މަޤާމަށް ހޮވޭ ފަރާތްތަކަށް ވަގުތީ ގޮތުން އެވްސެކް ޓްރޭނީއެއްގެ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، 1 އަހަރު ދުވަހުގެ ތެރޭގައި ޕާރފޯމަންސް އަށް ބަލައި ދާއިމީ ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%30

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3013435ނުވަތަ 3013437 ނަންބަރު ފޯނާއެވެ. އީމޭއިލް ކުރާނީ hr@avsecom.gov.mvއަށެވެ.

28 މާރިޗު 2018
ހޯދާ