ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްއަންޞާރު މިސްކިތުގެ ވުޟޫކުރާބައިގައި ކުލަލުމާއިބެހޭ؛

މިކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށު މަސްޖިދުލް އަންޞާރު މިސްކިތުގެ ވުޟޫކުރާބައިގައި ކުލަލުމުގެ މަސައކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2018 މާރިޗު 27 ވަނަ ދުވަހުގެ 13:00 ގައި (އަންގާރަ ދުވަސް)

2018 އެޕްރީލް 01 ވަނަ ދުވަހުގެ 13:00 ގައި (އާދީއްތަ ދުވަސް)

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "މަސްޖިދުލްއަންޞާރު މިސްކިތުގެ ވުޟޫކުރާބައިގައި ކުލަލުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މާރިޗު 2018
ހޯދާ