މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

                           ނަންބަރ (IUL) 202-L/1/2018/64  

 

އިޢުލާން

 

މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީއާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، ޢާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ، މުދާ އުފުލުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ދ) ގައި ވާގޮތުގެމަތިން، ފިހާރަތަކާއި ޢާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމުގައި 2018 މާރިޗް 25 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

-          މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލައްވާނީ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދުގައެވެ.

-          ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުއްލަންވާނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދު ގައެވެ.

މިނޫންގޮތަކަށް ޢަމަލުކުރާ ވިޔަފާރިތަކާއި، ޑުރައިވަރުންނާއި މެދު ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.

04 ރަޖަބު  1439

21 މާރިޗް  2018

 

 ދިވެހިސަރުކާރުގެ ގެޒެޓް

  މާލެ، ދިވެހިރާއްޖެ

22 މާރިޗު 2018
ހޯދާ