މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޗައިނާގެ ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

ޗައިނާގެ ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު

            ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި 2018 ވަނައަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ 2018" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

            މިފެއަރ އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 14 އިން 20 އަށް  ޗައިނާގެ ކުންމިންގ ގައެވެ. މިފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް ދެއްކުމާއި ވިއްކުމާއި، ދިވެހިއުފެއްދުންތަކަށް މާކޭޓް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. މި ފެއަރގައި ރާއްޖެއިން ބައިވެރިވުމުގެ އެންމެބޮޑު ބޭނުމަކަށްވާނީ ދިވެހިއުފެއްދުންތައް މެކަނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމާއި  ޗައިނާގެ ވިޔަފާރިވެރިންނާއެކު، ވިޔަފާރީގެ ގުޅުންބަދެހިކޮށް ދިވެހިއުފެއްދުންތަކަށް މިހާރަށްވުރެބޮޑު ތަރުޙީބެއް ބޭރުޤައުމުތަކުގެ މާކޭޓްތަކުން ހޯދުމުގެމަގު ތަނަވަސްކޮށްދިނުމެވެ. މި ފެއަރއަކީ، ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތުއޭޝިޔާގެ ގިނަޤައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއަރއެކެވެ.

           ދިވެހި އުފެއްދުންތައް އުފައްދާފަރާތްތަކުގެ ތެރެއިން މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 މާރިޗް 2018 އިން 19 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  ފޯމް އީމެއިލް ކުރައްވާނަމަ މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

            މިފެއަރގައި ބައިވެރިވުމަށް ހުށަހަޅާފޯމާއި އުޞޫލު ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކައުންޓަރުން އަދި  މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ. 

           އިތުރުމަޢްލޫމާތު ހޯއްދެވުމަށް 33333151، 7996790 އާ ގުޅުންވުން އެދެމެވެ.

‏                                                        05‏ ރަޖަބް‏ 1439

‏                                                        22‏ މާރޗް‏ 2018

22 މާރިޗު 2018
ހޯދާ