މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޝަހީދުން ދުވަހުގެ ޖަލްސާއަށް 800 ބޭފުޅުންނަށް ސައި ހެދުން

`

                                  

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                      

 

     

                                                          ނަމްބަރ: (IUL)10-F/10/2018/20   

އިޢުލާން

  މި އަހަރުގެ ޝަހީދުންގެ ދުވަސް  ފާހަގަ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ މާބުލް ޖެހި ސަރަހައްދުގައި   ބާއްވާ ރަސްމީ ޖަލްސާއަށް 800 ބޭފުޅުންނަށް ސައިފޮދު ތައްޔާރުކޮށް ދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2018 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2018 ވާ  ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏05 ރަޖަބު 1439

‏22 މާރިޗު 2018   

 

 

22 މާރިޗު 2018
ހޯދާ