ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫގައި ފަތުރުވެރިން މޫދަށް އެރެހެދުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ބޭނުންކުރުމާބެހޭ.

އިޢުލާނު

ނިލަންދޫ ހުޅަނގު ދެކުނުފަރާތުން ވާރު މަގުންފެށިގެން ތުނޑިއާއި ދެމެދުގައިވާ ގޮނޑުދޮށުގެ ސަރަޙައްދު ފަތުރުވެރިން ބޭނުންކުރުމަށް ޚާއްޞަކުރުމަށް ނިންމާފައިވާނީ 2017 ޖުލައި 26 ވަނަ ދުވަހު ބޭއްވި، ކައުންސިލްގެ މިދައުރުގެ 9 ވަނަ ޖަލްސާއިންނެވެ. އެ ނިންމުމުގައިވަނީ  "އެ ސަރަޙައްދު ގެސްޓުންނަށް ޚާއްޞަކުރުމުން ނިލަންދޫއަށް ޒިޔާރަތްކުރާ ގެސްޓުންއަތުން ޚިދުމަތުގެ ފީއެއްގެ ގޮތުގައި ނިލަންދޫގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ކޮންމެ ގެސްޓެއްގެއަތުން 2 ޔޫ.އެސްޑޮލަރުގެ ފީއެއް ނެގުމަށެވެ." ވުމާއެކު އެ ސަރަޙައްދު ބޭނުންކުރާ ގެސްޓްހައުސްތަކުން އައީ ކައުންސިލުން ނިންމާފައިވާގޮތަށް ފައިސާ ދައްކަމުންނެވެ. 

ނަމަވެސް ބައެއް ގެސްޓްހައުސްއަށް އަންނަ ގެސްޓުންގެ އަތުން 2018 ޖަނަވަރީ އިން ފެށިގެން، ފައިސާ ނުދައްކައި އަދި ފައިސާ ދެއްކުމަށް ދެކޮޅު ހަދަމުންދާތީ އެކަން ޙައްލުކުރާނެގޮތެއް ހަމަޖައްސަން މަޝްވަރާކުރުމަށް 2018 މާރިޗް 7 ވަނަ ދުވަހު ބޭއްވި، ކައުންސިލްގެ މިދައުރުގެ 38 ވަނަ ޖަލްސާއިން ނިންމާފައިވާނީ ފަތުރުވެރިން މޫދަށްއެރެހެދުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ބޭނުންކުރަން އެދޭ ފަރާތްތައް ހޯދުމަށް އިޢުލާނުކުރުމަށާއި އެކަމަށް އެދޭ ފަރާތްތަކާއި ކައުންސިލާއި ދެމެދު އެއްބަސްވެވޭ ގޮތެއްގެމަތިން ފައިސާ ނެގުމަށާއި ފަތުރުވެރިން މޫދަށް އެރެހެދުމަށް އެސަރަޙައްދު ބޭނުންކުރަން ހުށަނާޅާ ފަރާތްތަކުން ގެންނަ ފަތުރުވެރިން އެ ސަރަޙައްދު ބޭނުންނުކުރެވޭ ގޮތަށް ހަމަޖެއްސުމަށެވެ. 

ވުމާއެކު ކައުންސިލްގެ މިދައުރުގެ 38 ވަނަ ޖަލްސާއިން ނިންމާފައިވާގޮތަށް އެކަން ހަމަޖެހެންދެން، ފަތުރުވެރިން ބޭނުންކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ބޭނުންކުރެވޭނީ ކައުންސިލްގެ މިދައުރުގެ 9 ވަނަ ޖަލްސާއިން ނިންމާފައިވާގޮތަށް ޤަވައިދުން ފައިސާދައްކަމުންދާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށެވެ.

ވީމާ، ކައުންސިލްގެ މިދައުރުގެ 9 ވަނަ ޖަލްސާއިން ނިންމާފައިވާގޮތަށް ފަތުރުވެރިންގެ އަތުން ފައިސާ ނުދައްކާ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން، މި ކައުންސިލުން ނިންމާފާއި ނިންމުމާއި ޚިލާފަށް އެ ސަރަޙައްދު ބޭނުން ކުރުމަކީ މަނާކަމެއްކަމަށް އަންގައި ޢާންމުކޮށް އިޢުލާން ކުރަމެވެ.  

08  މާރިޗް 2018

                                   މުޙައްމަދު ޖަލީލު

                              ފ. ނިލަންދޫ ކައުންސިލްގެ ރައީސް

08 މާރިޗު 2018
ހޯދާ