ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގެ ފުރާޅާއި ޢިމާރާތުގެ ފެން މަގުމައްޗަށް ނުދާގޮތަށް ހެދުން.

އިޢުލާނު

ގޭގޭގެ ފުރާޅާއި ޢިމާރާތްތަކުގެ ފެން ހިންދުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލަށް 2017 އޮކުޓޫބަރު 1 އިން ފެށިގެން ޢަމަލުކުރާނެކަމަށް 2017 އޮގަސްޓް 30 ވަނަ ދުވަހު ވާނީ ޢާއްމުކޮށް އިޢުލާންކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން އުޞޫލަށް ޢަމަލުކުރަންފެށުމުގެ ކުރިން އުޞޫލާއި ޚިލާފަށް ހުރި ތަންތަން 2017 އޮކުޓޫބަރު 1 ވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އުޞޫލާއެއްގޮތަށް ބަދަލުކުރަންޖެހެއެވެ. އެމުއްދަތު ހަމަވަނީ 2018 މާރިޗް 31 ގެ ނިޔަލަށެވެ.

މިކަމަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށްވާތީ 2018 ޖަނަވަރީ މަހުގެ 21 ން 28 އަށް މިއިދާރާގެ ޓީމެއް ގޭގެއަށްގޮސް ކޮންމެ ގެއަކަށް އެ އުޞޫލުގެ ކޮޕީއެއް ހަވާލުކޮށްފައިވާނެއެވެ. އަދި އެކަމާއި ބެހޭ އިތުރު މަޢުލޫމާތު ޙިއްޞާކޮށްފައިވާނެއެވެ. ނަމަވެސް ވަރަށް މަދު ފަރާތަކުން ނޫނީ، މަގުމައްޗަށް ފެންދާގޮތަށް ހުރި ފުރާޅުތަކާއި ދިޔަދޮވި ހޮޅިތައް އުޞޫލާއި އެއްގޮތަށް ބަދަލުކޮށްފައެއް ނުވެއެވެ.

ވީމާ ގޭގޭގެ ފުރާޅާއި ޢީމާރާތްތަކުން މަގުމައްޗަށް ފެންދާގޮތަށް ހުރި ތަންތަން މިހިނގާ މާރިޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަގުމައްޗަށް ފެން ނުދާގޮތަށް ބަދަލުކުރެއްވުން އެދެމެވެ. އަދި މުއްދަތު ހަމަވާއިރު އުޞޫލާ އެއްގޮތަށް ބަދަލުނުކޮށް ހުންނަ ތަންތަނުގެ ވެރިންނާއި މެދު ޤަވައިދުން ފިޔަވަޅު އަޅަންޖެހޭނެ ވާހަކަ ހިތާމަޔާއި އެކު ދަންނަވަމެވެ. 

05  މާރިޗް 2018

                                                                                        މުޙައްމަދު ޖަލީލު

                                                                                    ފ. ނިލަންދޫ ކައުންސިލްގެ ރައީސް

 

05 މާރިޗު 2018
ހޯދާ