މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޗައިލްޑް ކެއަރ ވޯކަރ - ފިޔަވަތި

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ޗައިލްޑް ކެއަރ ވޯކަރ

މަޤާމުގެ ނަންބަރު:

J- 270773

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

MS 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން

ކުޑަކުދިންގެ ހިޔާ ހުޅުމާލެ ޑިވިޜަން (ފިޔަވަތި)

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ހަމަޖެހިފައިވާ އުޞޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ފައިސާ.
  5. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިޔަވަތި އަށް ގެނެވޭ ކުދިން ބަލައިގަނެ ރަޖިސްޓްރީކޮށް އެކުދިންގެ ޕަރސަނަލް ފައިލް ތައްޔާރުކުރުން.
  2. ސެކްޝަނުގެ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތަރުތީބުކޮށް ބަލަހައްޓާ، ސެކްޝަނުގެ ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
  3. ފިޔަވަތިން ބަލަހައްޓާ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  4. ކޭސް ކޮންފަރެންސްތަކާއި، ފިޔަވަތިން ބަލަހައްޓާ ކުދިންނާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުން ތަކުގައި ބައިވެރިވުން.
  5. ފިޔަވަތީގެ ބޭރުގައި ހިންގާ ޙަރަކާތްތައް ސްޕަވައިޒްކޮށް އެހީތެރިވުން.
  6. ފިޔަވަތިން ސްކޫލަށް ފޮނުވާ ކުދިންނާއި ގުޅޭ ގޮތުން ސްކޫލުން އަންގާ ބައްދަލުވުންތަކަށް ބެލެނިވެރިންގެ ގޮތުގައި ހާޒިރުވުމާއި ސްކޫލުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން.
  7. ކުދިން ބަލަހައްޓާ މީހުން ގެ ޗުއްޓީ ޓޭބަލް ތައްޔާރުކޮށް އެމީހުންގެ މަސައްކަތަށް ނުކުތުމުގައި ދިމާވާ މައްސަލަތައް ސެކްޝަން ހިންގުމާއި ޙަވާލުވެގެން ހުންނަވާ އިސްވެރިއެއްގެ މަޝްވަރާގެ މަތިން ޙައްލުކުރުން.
  8. ފިޔަވަތީ ގައި ތިބޭ ކުދިންގެ ދުވަހުގެ ހަރަކާތް ކަމުގައިވާ، ކިޔެވުމާއި ކުޅިވަރާއި ހުސްވަގުތު އެކަށީގެންވާ ގޮތަށް ރާވައި އެކުދިން ޢަމަލުކުރާނެ ޓޭބަލެއް ތައްޔާރުކޮށް އަދި އެ ޓޭބަލް އާއި އެއްގޮތަށް ޢަމަލުކުރަމުން ދޭތޯ ބަލާ ސުޕަވައިޒް ކުރުން.
  9. ސްކޫލަށް ފޮނުވާ ކުދިންގެ ކަންތައްތަކާއި ކުދިންނަށް ހޯދަންޖެހޭ ތަކެތި ހޯދައިދިނުމާއި ކެއިން ބުއިމުގެ ކަންތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  10. ފިޔަވަތީ ގައި މަސައްކަތް ކުރާ ކުދިންބަލަހައްޓާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  11. ފިޔަވަތީ ގައި ބަލަހައްޓަމުންދާ ކުދިންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ކުދިން ބަލަހައްޓާ މުވައްޒަފުންގެ ޑިއުޓީތައް ރާވާލުމާއި އެ މަޢުލޫމާތުތައް އެ މުވައްޒަފުންނާ ޙިއްސާކޮށް، ކުދިން  ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
  12. މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓެއްގެ މަސައްކަތާއި ހަވާލުވެ މަސައްކަތްކުރަން ޖެހިއްޖެ ޙާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެތަންތަނުގައި މަސައްކަތްކުރުން.
  13. މީގެ އިތުރުންވެސް، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  • ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ބިހޭވިއަރަލް ސައިކޮލޮޖީ އަދި ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • 25 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތައް.
  • ޝިފްޓް އުސޫލުން މަސައްކަތްކުރެވޭނެ ފަރާތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ  ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުނާއި ފިޔަވަތީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2018 އޭޕްރިލް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30% (ތިރީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

 

4 ރަޖަބު 1439ހ

21 މާރިޗު 2018މ 

21 މާރިޗު 2018
ހޯދާ