ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުންފުނީގެ ހިންގާ ޤަވާޢިދަށް ހުށަހަޅާފައިވާ އިސްލާޙްތަކާގުޅޭގޮތުން ޙިއްޞާދާރުންނާ ބައްދަލުކުރުން.

އިޢުލާން

 

ކުންފުނީގެ ހިންގާ ޤަވާޢިދަށް ހުށަހަޅާފައިވާ އިސްލާޙްތަކާގުޅޭގޮތުން ޙިއްޞާދާރުންނާ ބައްދަލުކުރުން.

ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާޙުތަކާ ގުޅޭގޮތުން އަދި މިއިސްލާޙުތަކަށް ކޮމެންޓްކުރުމަށް ހުޅުވާލެވުނު މުއްދަތުުގައި ލިބިފައިވާ ކޮމެންޓްތަކާ ގުޅޭގޮތުން ޙިއްޞާދާރުންނާއެކު މަޝްވަރާކޮށް ޙިއްސާދާރުންގެ ހިޔާލު ހޯދުމަށް ކުންފުނިން ބޭނުންވެއެވެ. ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކުރުމަށްޓަކައި ކުންފުނީގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޙިއްޞާދާރުންނާ މަޝްވަރާކޮށް ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން 2018 މާރިޗް 31 ވާ ހޮނިހިރު ދުވަހު 16:00 އިން 18:00 އަށް ހޮޓެލް ޖެންގެ ބޯލްރޫމްގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 15:30 އާދެމެދު، 3344383 އަދި 3344395 ނަންބަރު ފޯނަށް ގުޅުއްވައި ނަން ނޯޓުކުރެއްވުން އެދެމެވެ.

 

04 ރަޖަބް 1439 ހ.

21 މާރިޗު 2018 މ.

 

 

 

21 މާރިޗު 2018
ހޯދާ