މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުން ހޮވުމަށް އިޢުލާންކުރުން

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުން:

މި މިނިސްޓްރީގެ ނަމްބަރު (IUL)459-DR/459/2018/10   އިޢުލާނާއި ގުޅިގެން، މި މަޤާމަށް އެދި އަކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވާތީ އިސްވެ ދެންނެވި އިޢުލާން ބާޠިލްކޮށް، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.  

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. ތިރީގައިވާ ދާއިރާއަށް މި ކައުންސިލަށް ބޭނުންވަނީ، މި މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

ދާއިރާ

ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބް ކުރާ މެންބަރު

ޝަރުޠުތައް

- މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު ހުރުމާއެކު

  • ސައިކިއެޓްރިސްޓެއްކަމުގައިވުން / ސައިކޮލޮޖިސްޓެއް ކަމުގައިވުން ނުވަތަ
  • ކައުންސެލަރެއް ކަމުގައިވުން ނުވަތަ
  • ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރެއްކަމުގައިވުން ނުވަތަ
  • މިދާއިރާތަކުގެ ތެރެއިން ކޮންމެވެސްއެއް ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  • ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ މީހަކަށްވުން.

 

 

ހުށަހަޅަންޖެހޭ ތަކެތި

-  މި ވަޒީފާއަށް ޝައުގުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ

- މެޑިކަލް އެސޯސިއޭޝަނުގެ ލިޔުމެއް ނުވަތަ  ސައިކިއެޓްރިސްޓެއް / ސައިކޮލޮޖިސްޓެއް / ކައުންސެލަރެއްކަން އަންގައިދޭ ލިޔުމެއް.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ އަސްލާ އެއްގޮތަށްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ޕޮލިސް ރިކޯޑް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ސާފު ކޮޕީ.

އެލަވަންސް

-/5000 ރުފިޔާ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ދަށުން އެކުލަވައިލާފައިވާ ކައުންސިލުގެ މެންބަރެއްގެގޮތުގައި މަސައްކަތްކުރުން.

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ބައްދަލުވުންތަކުގައި މަޝްވަރާއާއި ޚިޔާލުދިނުމާއި ކައުންސިލްގެ މެންބަރެއްގެގޮތުގައި އެހީތެރިވުން.

ސުންގަޑި

2018 މާރިޗު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑެ ފެމިލީއަށެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3013017 ނަންބަރު ފޯނަށެވެ. 

 

04 ރަޖަބު 1439

21 މާރިޗު 2018

21 މާރިޗު 2018
ހޯދާ