ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތް ކުއްޔަށް ދޫކުރުން

                                                   ނަންބަރު:421/IUL/2018/11

 

އިޢުލާން

 

ގދ.ވާދޫ ހުޅަނގު އުތުރު ފަރާތު ގައި ކާންޒީ ހަކަތަ އާއި އިންވެގެންހުރި ޢިމާރާތް ކުއްޔަށް ދޫކުރުން

 

  ގދ.ވާދޫ ހުޅަނގު އުތުރު ފަރާތުގައި " ކާންޒީ ހަކަތަ " އާއި އިންވެގެން ދެކުނަށްހުރި ޢިމާރާތް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރ: 421/IUL/2018/03 އިޢުލާން، އެސީސީގެ ނަންބަރ: 123-B/421/2018/06 ސިޓީއާއި ގުޅިގެންބާޠިލު ކުރެވިފައިވާތީ މިޢިމާރާތް ކުއްޔަށްދޫކުރުމަށް އަލުން ހުށަހަޅަމެވެ. މި އިމާރާތް ކުއްޔަށް ދޫކުރުމުގައި މިކައުންސިލުން ކަނޑައަޅާ ކަންތައްތައް ތިރީގައި މިދަންނަވަނީއެވެ.

  1. ޢިމާރާތުގެ މަރާމާތަށް ހިނގާ އެއްވެސް ޚަރަދެއް އިމާރާތުގެ ކުލީގެ ތެރެއިން ނުކެނޑޭނެއެވެ.
  2. އިމާރާތް ކުއްޔަށް ހިފުމަށް ހުށަހަޅާ ސިޓީގައި އިމާރާތް ކުއްޔަށް ހިފުމަށްފަހު ކުރާނެ ބޭނުން ލިޔެފައި އޮންނަންވާނެއެވެ.
  3. އިމާރާތް ކުއްޔަށްހިފުމަށް ހުށަހަޅާ ސިޓީގައި ބަޔާންކޮށްފައިވާ ބޭނުންފިޔަވައި އެހެން ބޭނުމެއްކުރުމަށް ބޭނުންވާނަމަ ކައުންސިލް އިދާރާއިން އެކަމަކަށް ހުއްދަ ނަގަންވާނެވެ.
  4. އިމާރާތް ކުއްޔަށް ދޫކުރެވޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
  5. ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ ކުލީގެ ގޮތުގައި އެންމެބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށެވެ.
  6. ޢިމާރާތް ކުއްޔަށްހިފުމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

       ވީމާ،މިދެންނެވި ޢިމާރާތް ކުއްޔަށްހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 މާރޗް 2018 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަގު ބަޔާންކޮށް ސިޓީ ފޮނުއްވުންއެދެމެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

03  ރަޖަބް 1439

20 މާރޗް 2018           

 

                                                         މުޙައްމަދު ވަޙީދު

                                                        ކައުންސިލްގެ ރައީސް

20 މާރިޗު 2018
ހޯދާ