މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ސެކްރެޓަރީ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/3,970ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3,176ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ - 2،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 10 ގެ ފެންވަރު ހުރުން.

- އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެގުން

ނުވަތަ

- މަޤާމާއި ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ރިސެޕްޝަނަށް އަންނަ ފޯން ކޯލްސްތަކަށް ޖަވާބުދާރީވުން.

- ރިސެޕްޝަނަށް މަޢުލޫމާތު ހޯދުމަށް އަންނަ ކަސްޓަމަރުންނަށް ޞައްޚަ މަޢުލޫމާތު ފޯރުކޮށްދިނުން.

- ރިސެޕްޝަނަށް ލިބޭ ސިޓީ ފަދަ ތަކެތި ބަލައިގަތުން، އަދި އެ ލިޔެކިޔުންތަށް ފޮނުވަންޖެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުން.

- ކަސްޓަމަރުން ހުށައަޅާ މައްސަލަތަކަށް ސުޕަވައިޒަރަށް އެންގުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު) 

މަސައްކަތް ކުރަންޖެހޭ ތަން :

އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 25 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ޕޮލިސް ރިކޯޑް ފޯރމް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                        އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

02 ރަޖަބު 1439

19 މާރިޗު 2018
ހޯދާ