ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސޯސިއޭޓް ލެކްޗަރަރ (ޤުރުޢާން ޙާފިޒް)

ވަޒީފާގެ ފުރުޞަތު

މި ޔުނިވަރސިޓީން ކޮށްފައިވާ ނަންބަރު 170-HR/I/2018/38 (18 މާރިޗް 2018) އިޢުލާނު ބާޠިލު ކުރުމަށް ފަހު އަލުން އިޢުލާނު ކުރަމެވެ.

 

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ (ޤުރުޢާން ޙާފިޒް)

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު 12,166.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,214.00 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ކުއްލިއްޔާ އޮފް ޤުރުޢާން އެންޑް ސުންނަތް

ސްޕައިން ޕޮއިންޓް:

8

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހެނދުނު 8:00 އިން ރޭގަނޑު 10:30 އާ ދެމެދު (ޔުނިވަރސިޓީގެ ވޯރކްލޯޑް ޕޮލިސީން މުވައްޒަފު އަދާކުރަންޖެހޭ މިންވަރަށް)

މަޤާމުގެ ޝަރްޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު ޙާފިޒު ކަމުގެ ސަނަދު ލިބިފައިވާ ފަރާތަކަށްވުން އަދި މަޤާމާ ގުޅޭ ދާއިރާއިން މަތީ ތަޢުލީމު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލް ކުރެވޭ ޕީރިއަޑްތަކާއި، ބަދަލުގައި ނަގަންޖެހޭ ޕީރިއަޑްތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
  • ޓިއުޓޯރިއަލް ޕީރިއަޑްތަކާއި، އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކުގައި ހަރަކާތްތެރިވުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއް ކުރިއަރާމިންވަރާއި، ހޯދާ ނަތީޖާ މޮނިޓަރކޮށް، އިސްވެރިންނަށް މަޢުލޫމާތު ދިނުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، މިހާރު ބޭނުންކުރަމުންދާ މުޤައްރަރުތައް އިޞްލާޙުކުރުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
  • ޕާރޓްޓައިމް ލެކްޗަރާރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި އިމްތިހާނު ކަރުދާސް މާކުކޮށް ނިންމުން.
  • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، އަލަށް ބައިވެރިވާ މުވައްޒަފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް ޔުނިވަރސިޓީއަށް އެހީތެރިވެދިނުން.
  • އިލްމީ ދިރާސާތައް ކުރުމާއި، ދިރާސާތައް ޝާއިޢު ކުރުމުގައި ކުއްލިއްޔާތަކުގެ މުވައްޒަފުންނާ އެކު މަސައްކަތް ކުރުން.
  • އަންޑަރ ގްރެޖުއޭޓް ދަރިވަރުން ސުޕަރވައިޒް ކުރުން.
  • މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
  • މަޤާމާއި ގުޅޭގޮތުން ކުއްލިއްޔާއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (މަސައްކަތާ ގުޅުންހުރި ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • އެޕްލިކޭޝަން ފޯމް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ޕާސްޕޯރޓް / އައިޑީ ކާޑް މުއްދަތު ހަމަނުވާ ކޮޕީ
  • ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 29 މާރިޗް 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

           

 

 

 

JOB VACANCY

Name of position:

Lecturer (Quran Hafiz)

No. of vacancies:

1

Basic salary:

MVR 12,166.00

Service allowance:

MVR 5,214.00

Food allowance:

MVR 1,800.00 (Foreigners only)

Accommodation will be provided (Foreigners only)

Work setting:

Kulliyyah of Quran and Sunnah

Spine point:

8

Educational requirement:

Achievement of a Bachelor’s Degree (Level 7) qualification in a related field AND completion of Certificate in Quran memorization

 

 

Responsibilities:

  • To teach in regular classes and replacement classes, in accordance with the Workload Policy of the university.
  • To mark and grade all course work, assignment and examination papers.
  • To implement demonstrations, workshops, physical classes, field visits, and clinical sessions.
  • To teach in accordance with the set curriculum, and provide feedback to the management on the course proceedings at the end of the semester.
  • To supervise post graduate research students.
  • Development of new curriculum and to suggest suggestions to improve the existing curriculum.
  • Prepare exam papers as required for the course modules, and to conduct all the necessary markings and assessments as needed for the papers.
  • Conduct exams for modules of the part-time lecturers, and to conduct all the necessary marking and assessments as needed for the papers.
  • Develop and implement programs to improve the standard of the current modules.
  • Participate in faculty meetings, module panels, and to implement decisions made in such meetings, and assist in developing junior staff.
  • Work closely with other members of the faculty to conduct academic research, and publish such research via the university.
  • Module coordination, and course coordination.
  • Conduct all works assigned by the faculty.

Other incentives:

Overtime will be paid in accordance with the university policies.

Documents to submit with the application:

  • Application form (www.ium.edu.mv)
  • Scanned copies of certificates and transcripts confirming educational qualifications.
  • Unexpired clear passport copy.
  • Scanned copies of references from previous employers.
  • Curriculum vitae of the applicant.
  • Passport  / ID Card Copy

Application deadline:

Interest candidates can submit their applications, along with other required documents to [email protected] before 29th March 2018 12:00 hrs.

19 މާރިޗު 2018
ހޯދާ