ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ.މާކުރަތު އައު އިންޖީނުގޭގައި ސާރވިސް ޓޭންކެއް އެޅުމުގެ މަސައްކަތާ ގުޅޭ:

ނަންބަރު: FNK-I/IUL/2018/040  

 

އިޢުލާން

 

ރ.މާކުރަތު އައު އިންޖީނުގޭގައި ސާރވިސް ޓޭންކެއް އެޅުމުގެ މަސައްކަތާ ގުޅޭ:

 

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ރ.މާކުރަތު އައު އިންޖީނުގޭގައި ސާރވިސް ޓޭންކެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗް 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ.މާކުރަތު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އެޕްރީލް 01 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ.މާކުރަތު ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

                               02 ރަޖަބް 1439

                               19 މާރިޗް 2018

 

 

            

                          

 

 

19 މާރިޗު 2018
ހޯދާ