މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމުގައި ޢަމަލުކުރާ އުސޫލު ކަނޑައަޅާ މިންގަނޑާއި ގުޅޭ

އިޢުލާން

"ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު" 15 މާރިޗު 2018ގައި ވަނީ މިމިނިސްޓްރީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައެވެ. މި މިންގަނޑަކީ ގަނޑުކޮށް (ބަލްކުކޮށް) ބޯފެން އުފުލުމުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާފައިވާ މިންގަނޑެވެ.

އަދި ދަންނަވަމެވެ. މިމިންގަނޑަށް ޢަމަލުކުރަން ފަށާނީ މިއިޢުލާން ގެޒެޓުކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައެވެ.  

މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ 3014361 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

2 ރަޖަބު 1439 

19 މާރިޗު 2018
ހޯދާ