މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

ނަންބަރު: IUL)292-EC/292/2018/11)

އިޢުލާން


ނީލަންކިޔުމާބެހޭ


މިކައުންސިލްގެ އިދާރާގެ ގުދަނުގައި (ކުރީގެ ހުޅަނގު އަވަށު އަންހެނުންގެ ނަމާދުގެ) ހުރި ބައެއް ތަކެތި ނީލަންކިޔުން 27 މާރޗު 2018 ވާ ބުދަ ދުވަހުގެ ހަވީރު 04:00 އެ ސަރަޙައްދުގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް އެ ސަރަޙައްދަށް ދުރުވެ، ނަން ނޯޓްކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ ނީލަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގައި އެތަނަށް ދުރުވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ނަން ނޯޓްނުކުރައްވައި ފަރާތްތަކަށް ނީލަމުގައި ބައިވެރިވެނުލެއްވޭނެއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި އެދުވަހުގެ ހަވީރު 06:00 ގެ ކުރިން އެ ސަރަޙައްދުން ގެންދެވުމަށާއި، ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 01 އޭޕްރިލް 2018 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން މި ކައުންސިލުގެ އިދާރާއަށް ދުރުވެ، ފައިސާ ދައްކަވައި ނިންމަންވާނެއެވެ.

18 މާރިޗު 2018
ހޯދާ