ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މުދާއުފުލާ 100 (ސަތޭކަ) ފޫޓުގެ ލަކުޑި ދޯންޏެއް ނީލަމުގައި ވިއްކާލުން

އިޢުލާން 

މުދާ އުފުލާ 100 (ސަތޭކަ) ފޫޓުގެ ލަކުޑި ދޯންޏެއް ނީލަމުގައި ވިއްކާލުން

އެސްޓީއޯއިން މުދާ އުފުލަން ބޭނުންކުރި މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ދޯނީގެ ތަފްޞީލު

ނަން: ކަހަނބު

ދިގުމިން: 30.480 މީޓަރު (100 ފޫޓު)

ފުޅާމިން: 10.970 މީޓަރު (36 ފޫޓު)

ފުންމިން: 4.270 މީޓަރު (14 ފޫޓު)

ގްރޮސްޓަނޭޖް: 86.590

ރަޖިސްޓްރީ ނަންބަރު: C4704B-0310T

މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން

ނީލަމުގައި ދޯނި ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި، ދޯނިބައްލަވާލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲގެ ފޯނު ނަންބަރު: 7775274 ނުވަތަ 3012644 އަށެވެ.

  • ނީލަން ފެށޭއަގަކީ 700،000.00ރ (ހަތް ލައްކަ ރުފިޔާ) އެވެ.
  • ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 5000.00ރ (ފަސްހާސް ރުފިޔާ) އެވެ.
  • ދޯނި އޮންނާނީ ތިލަފުށީ އެސްޓީއޯ ސައިޓުގެ އެއްގަމު ތޮށިގަނޑު ކައިރީގައެވެ. 

އަގުހުށަހެޅުން

މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 25 މާރިޗު 2018 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަނޑާ، އަގު އިޢުލާންކުރާނީ

އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

 

15 މާރިޗު 2018

 

 

 

15 މާރިޗު 2018
ހޯދާ