ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަޅުއޮށްފުންމި ބަނުމަށް ބޭނުންކުރި ހަރުގެ ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގެ ބެލުމުގެދަށުގައިވާ، ދިވެހި ރާއްޖޭގެ މިނިވަން ކަމަށް ފަންސާސްއަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ސަރުކާރުން މިރަށުގައި ބަނދެފައިވާ ކަޅުއޮށްފުންމި ބަނުމަށް ބޭނުންކުރި ހަރުގެ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

މިނީލަމުގައި ހަރުގެ އެޅުމަށް ބޭނުންކޮށްފައިވާ ހުރިހާ ތަކެއްޗެއް ވިއްކާލެވޭނެއެވެ. މިހަރުގެ އެޅުމަށް ބޭނުންކޮށްފައިވަނީ ރުކާއި ، ރުކުގެ ވަކަރު އަދި ރުކު ފައްޗެވެ.  ނީލަން ފެށޭ އަގަކީ 10000.00ރ (ދިހަހާސް ރުފިޔާ) އެވެ. އަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ 2000.00ރ (ދެހާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މި ހަރުގެ ބައްލަވާ ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކަމަށް އެދި ސިޓީ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެދުވަހެއްގެ 08:30 އިން 13:30 އަށް މި އިދާރާގެ ކައުންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  ޖެހިޖެހިގެން ތިން ދުވަސްވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ނިމާތޭ 1 ދުވަސް ތެރޭގައި އެންގޭނެއެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ފައިސާ 5 ދުވަސް ތެރޭގައި މިއިދާރާއަށް ދެއްކުމަށްފަހު ހަރުގޭގައި ހުރިތަކެތި ގެންގޮސް 30 ދުވަސްތެރޭގައި ބިން ސާފު ކުރަންވާނެއެވެ. މި ނީލަމަށް ހުށަހަޅާ އަގު މި އިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓް www.neykurendhoo.gov.mv  އިން ފެންނަން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރު 6520042 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 މާރިޗު 2018
ހޯދާ