ޅޮހީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

 

އިޢުލާން

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމު:               

މަސައްކަތު (ވަގުތީ)

ބޭނުންވާ އަދަދު:        

01

މަޤާމުގެ ގިންތި:        

ވަގުތީ

މުއްދަތު:

3 މަސް

މަޤާމުގެ ރޭންކް:        

      އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން: 

ސަޕޯޓް ސްޓާރފް ގްރޭޑް 1 

ސެކްޝަން:           

އެޑްމިން ސެކްޝަން

މަޤާމު އޮތް  އޮފީސް:            

ޅޮހި ސްކޫލް

ވަޒީފާ އަދާ ކުރަންޖެހޭތަން: 

ޅޮހި ސްކޫލް

މުސާރަ:              

3100

ސަރވިސް އެލެވަންސް:   

1000

އިތުރު އިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލުގެ ގޯތިތެރެ ކުނިކެހުން. 
  2. ސްކޫލުގެ ޢިމާރާތްތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކުނިކަހާ ފޮޅާ ސާފުކުރުން.
  3. ކޮންމެ ދުވަހަކު ސްކޫލުގެ ވަށާފާރު ބޭރު ކުނިކަހާ ސާފުކުރުން.
  4. ސްކޫލުގެ ގޯތިތެރޭގައި ހެދޭ ވިނަތަކާއި، ގޯތިތެރޭގައި ހައްދާފައިވާ ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
  5. ސްކޫލުގެ ޢިމާރާތްތަކުގެ ދޮރުތަކާއި، ދޮރުތަކުގެ ބިއްލޫރިއާއި، ކަތިފިލާތައް މަދުވެގެން މަހަކު އެއްފަހަރު ފެންފޮތިލާ ސާފުކުރުން.
  6. ތަޅުމުގައި ތަށިމުށި ޖަހާފައިވާ ޢިމާރާތްތަކުގެ ތަޅުމުގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު އެއްފަހަރު ރީތިކޮށް މޮޕް އަޅައި ސާފުކުރުން.
  7. ސްކޫލުގެ ޢިމާރާތްތަކުގެ ފަންކާތައް މަދުވެގެން މަހަކު އެއްފަހަރު ފޮޅާ ސާފުކުރުން.
  8. ދަރިވަރުންގެ ފާޚާނާތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  9. މަދުވެގެން ހަފުތާއަކު އެއްފަހަރު ދަރިވަރުންގެ ފާޚާނާތަކަށް ސާފުކުރުމަށް ބޭނުންކުރާ ކެމިކަލް ( ސާފު، ކްލީން ކްލީން ވިމް ފަދަ ތަކެތި ) އަޅައިގެން ސާފުކުރުން.
  10. ބަންދު ދުވަސްތަކުގެ ޢަދަދު ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަވެއްޖެ ނަމަ ސްކޫލުގެ ގޯތިތެރެ މާބޮޑަށް ހަޑި ނުވަނީސް ކުނިކަހާ ސާފުކުރުން.
  11. އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތު ( ހަޑިވާ ތަންތަނުގައި ކުލައާއި، ދަވާދުލުން) ފަދަ ކަންތައްތައް ކުރުން.
  12. ވަކި މީހަކާ ޙަވާލުކުރެވިފައިނުވާ މަސައްކަތުމީހުން ކުރާޒާތުގެ މަސައްކަތް ކުރުން.
  13. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިޙުތިރާމް ކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުން.
  14. ރަސްމީ މަސައްކަތާއި ގުޅިގެން އަންގާ އެންމެހާ ކަންކަން ކުރުން.

 

 

 މަޤާމްގެ ޝަރުތުތައް:

 

ü       ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

 

 

  ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  1. ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން
  2. މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  3. ޢުމުރުން 55 އަހަރު ނުވާ މީހަކަށްވުން
  4. މަސައްކަތު ތަޖުރިބާ
  5. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  8. (ހ)ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯރމް މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މާޗް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ޅޮހީ ސްކޫލްއަށެވެ. ވަޒީފާއަށް އެދޭ ފޯރމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވ

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،

25 މާރިޗު 2018  އާއި 27 މާރިޗު 2018 އާ ދެމެދު، ޅޮހީ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560573 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ

 

މިހެންވެ މިކަން އަންގާ އިޢުލާން ކުރީމެވެ.

14 މާރިޗު 2018
ހޯދާ