މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ތިރީގައި ބަޔާންކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފްކުރާނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން 

މި މިނިސްޓްރީގެ ތިރީގައި ބަޔާންކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފްކުރާނެ ފަރާތެއް ހޯދުމަށް 20 މާރޗް 2017 ގައި ކުރެވުނު އިޢުލާން ނަންބަރު IUL)101-AF/1/2018/56އަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  1. މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 11ވަނަ ފްލޯ
  2. މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 4ވަނަ ފްލޯ (އެސް.އީ.ޒެޑް އޮފީސް)
  3. މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

 ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 މާރޗު 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މާރޗު 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ( ބޮޑުތަކުރުފާނުމަގު) އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333117 ، 3333174 އަށް ގުޅުއްވުން އެދެމެވެ.

12 މާރިޗު 2018
ހޯދާ