ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ހިލަ/ހިލަވެލީގެ ވެރިފަރާތެއް ހޯދުމާއި ބެހޭގޮތުން ކޮށްފައިވާ އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ، ދެވަނަފަހަރަށް އިޢުލާންކުރުމާއި ބެހޭ

 (IUL)242/242/2018/7 :ނަންބަރު

 

                   އިޢުލާން

 

ގދ. އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ހިލަ/ހިލަވެލީގެ ވެރިފަރާތެއް ހޯދުމާއި ބެހޭގޮތުން ކޮށްފައިވާ އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ، ދެވަނަފަހަރަށް އިޢުލާންކުރުމާއި ބެހޭ

 

               

                             ސުރުޙީގައި ދެންނެވިފައިވާ މިއިދާރާގެ ނަންބަރު (IUL)242/242/2018/7 ( 18 ފެބްރުއަރީ 2018 )  އިޢުލާނުގައި ގދ. އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގެ 3025 އަކަފޫޓުގެ ތެރޭގައި ( ވެރިފަރާތެއް އެގިފައިނުވާ ) ހިލަތަކެއް ހުރުމުގެ ސަބަބުން ގޯތީގެ އިންފާރު ރޭނުމަށް ހުރަސް އެޅިފައިވާތީ، އެހިލަތަކުގެ ވެރިފަރާތެއްވާނަމަ އެކަން 14 ދުވަހުގެ ތެރޭގައި މިއިދާރާއަށް ލިޔުމަކުން އަންގަވައި ދެއްވުމަށް އެދި މިއިދާރާއިން ކޮށްފައިވާ މަތީގައި ދެންނެވުނު އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ، އިތުރު މުއްދަތެއް ދިނުމުގެ ގޮތުން މިއަދުން ފެށިގެން 7 ( ހަތެއް ) ދުވަހުގެ މުއްދަތެއް އިތުރު ކޮށްފީމެވެ.

               ވީމާ، މިމުއްދަތުގެ ތެރޭގައި ހިލަ/ހިލަވެލި ތަކުގެ ވެރިފަރާތެއް ނޭގޭނަމަ މިއިދާރާއަށް ފެންނަ ގޮތަކަށް އެހިލަތައް ގޯތިތެރެއިން ހުސްކުރާނެ ވާހަކަ ދެންނެވީމެވެ.

             12 މާރޗް  2018

                       

 

                                                   ޢަލީ ވަޙީދު އަޙްމަދު

                                                     އ.ޑިރެކްޓަރ

12 މާރިޗު 2018
ހޯދާ