ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕެނީ ސެކްރެޓަރީ

 

ނަންބަރު:FNK/A/IUL/2018/108   

ވަޒީފާގެ ފުރުޞަތު

 

 މިކުންފުނީގެ ހެޑް އޮފީހަށް މުވައްޒަފަކު ނެގުމަށްޓަކައި ކުރިން ކުރެވުނު ކުންފުނީގެ ނަންބަރު:(FNK/A/IUL/2018/83)

(26 ފެބްރުއަރީ 2018) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން މި މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

 ކޮމްޕެނީ ސެކްރެޓަރީ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ސެކެރެޓޭރިއޭޓް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

25000ރ. (މުސާރައާއި އިނާޔަތްތަކާއި އެކު)

މުސާރަ:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، އިދާރީ ހިންގުމުގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07  (ހަތެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މެނޭޖްމަންޓް ލެވެލްގައި 03 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ  އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން

(ށ) ޤާނޫނީ ދާއިރާ ނުވަތަ ޝަރީއަތާއި ޤާނޫނުގެ ދާއިރާ އަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ފެންވަރު ނުވަތަ ޝަރުތު:

 

އިދާރީ މަސައްކަތްތައް

(ހ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ ބައްދަލުވުންތަކެއްގެ އެޖެންޑާ ތައްޔާރުކުރުމާއި،އެޖެންޑާއާއެކު ބޯޑުގެ މެމްބަރުންނަށް ބައްދަލުވުމާއި ގުޅޭ މަޢުލޫމާތު ފޮނުވައި، ބައްދަލުވުން ހަމަޖެއްސުން.

(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކަށް އެޖެންޑާކުރާ ކަންކަމާއި ގުޅޭގޮތުން ފުރިހަމަ މަޢުލޫމާތު އެކުލެވޭގޮތަށް ކަރުދާސް އެކުލަވާލުން.

(ނ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ހިމެނޭ އެކި ކޮމެޓީތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، އެ ކޮމެޓީތަކުގެ ޗެއަރމަންގެ ލަފާފުޅުގެ ދަށުން ކޮމެޓީ ބައްދަލުވުންތައް ހަމަޖެއްސުން.

(ރ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކަށާއި ކުންފުނީގެ ބޯޑު މެމްބަރުން ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ޙާޟިރުވެ، ޔައުމިއްޔާ ނެގުން.

(ބ) ބޯޑު ރިޒޮލިއުޝަންތަކާއި ސަރކިއުލަރ ރިޒޮލިއުޝަންތައް ތައްޔާރުކުރުމާއި، އެ ރިޒޮލިއުޝަންތަކުގައި ކުންފުނީގެ ޑިރެކްޓަރުންގެ ސޮއި ކުރުވުން.

(ޅ) ޑިރެކްޓަރުންގެ ބޯޑުގެ ނިންމުނަތައް މެނޭޖްމަންޓާއި ހިއްސާކުރުން.

(ކ) ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދެނެގަތުމާއި، އެ ފަދަ ތަމްރީނުތައް ހޯދުމުގައި ކުންފުނީގެ ފަރާތުން މަސައްކަތްކުރުން.

(އ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ރަސްމީ ދަތުރުތަކުގެ އިންތިޒާމުތައް ކުންފުނީގެ ކަމާގުޅޭ ޑިޕާޓްމަންޓްތަކުން ހަމަޖައްސައިދިނުން.

(ވ) އަލަށް އައްޔަނުކުރެވޭ މެމްބަރުންނަށް އޮރިއެންޓޭޝަން ދިނުމާއި، މެންބަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ބޭނުންވާނެ ކަންކަން ހަމަޖައްސައި ދިނުމުގެ އިތުރުން މެމްބަރުންގެ ދައުރު އަދި ޒިންމާތައް އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ކޮމްޕްލަޔަންސްގެ މަސައްކަތްތައް

(ހ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ  ސްޓެޓުޓޮރީ ކޮމްޕްލަޔަންސް މިންގަނޑުތައް ފުރިހަމަ ކުރުން.

(ށ) ކުންފުނީގެ މުހިންމު ލިޔެކިޔުންތަކާއި އެކައުންޓްތައް އަދާއި ހަމައަށްތޯ ހުރީ ބަލައި ޗެކްކުރުން.

(ނ) ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓާ ގުޅިގެން އަހަރީ އޮޑިޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން.

(ރ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންތައްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ނިންމުންތަކާގުޅޭ ކޮންޕްލަޔަންސް ރިޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާ ހިއްސާކުރުން.

ޤާނޫނީ ޚިދުމަތް

(ހ) ކުންފުންޏަށް ޤާނޫނީ ގޮތުން ބޭނުންވާ ލަފާ ހޯދުމާއި ކުންފުނީގެ ފަރާތުން ކޯޓުތަކުގައި ތަމްސީލުކުރުމުގައި ކުންފުނީގެ ލޯޔަރަށް އެއްބާރުލުންދިނުމާއި، އެހީތެރިވެދިނުން.

(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ހުރިހާ ޤާނޫނީ ލަފައާއި އިރުޝާދު ފޯރުކޮށްދިނުން.

މަސްޢޫލިއްޔަތުތައް:

 

 

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  09:00 – 13:30އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

23 ޖުމަދަލްއާޚިރާ 1439

11 މާރޗް   2018

11 މާރިޗު 2018
ހޯދާ