މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދައުލަތުގެ ޙާއްސައެހީއެއް ބޭނުންވާ މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ފަރާތްތަކުގެ ކެއުންބުއިމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

        ދައުލަތުގެ ޙާއްސައެހީއެއް ބޭނުންވާ މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ފަރާތްތަކުގެ ކެއުންބުއިމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 20 ނޮވެމްބަރ 2017 ގައި ކުރެވުނު ނަމްބަރ: (IUL)23-OAA/23/2017/201 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ހުރިހާ އައިޓަމަކަށް އަގު ހުށައަޅާފައި ނުވާތީވެ އެއިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2018 ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ޖުމާދަލްއާޚިރު 1439

11 މާރިޗު 2018
ހޯދާ