ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ބަނދަރު ބުރުތަކުގައި ހުރި ރުއްތައް ކުއްޔަށް ދިނުމާބެހޭ

 ނަންބަރ: (IUL)378/2018/10   

 

އިޢުލާން

ހުޅުދެލީ ބަނދަރު ބުރުތަކުގައި ހުރި ރުއްތައް ކުއްޔަށް ދިނުމާއިބެހޭ

ދ.ހުޅުދެލީ ބަނދަރު ސަރަޙައްދުން ކުއްޔަށް ދީފައިވާ ރުއްތަކުގެ މުއްދަތު ހަމަވާތީ، މިރުއްތައް ކުއްޔަށް ދިނުމަށް މިކައުންސިލުން ގަސްތުކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މާރޗް 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާރޗް 2018 ވާ ބުދަ ދުވަހުގެ 10:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

 ވީމާ، މިކަން  ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 މާރިޗު 2018
ހޯދާ