އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެކައުންޓިންގ ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

 ނަންބަރު: TENDER/AS/2018/002


މި ކުންފުންޏަށް އެކައުންޓިންގ ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންކުރި އިޢުލާނަށް އެދެވޭ ވަރަށް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން އެކަމަށް އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗު 2018 ވަނަ ދުވަހުގެ ހެނދުނު 08:30 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މާރިޗު 2018 ވަނަ ދުވަހުގެ ހެނދުނު 08:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 03 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މީޓިންގ ރޫމަށެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.

7 މާރިޗު 2018

ޕްރޮކިޔުމެންޓް ޔުނިޓް

 

 

 

 

 

އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ، އަމީނީ މަގު، ދިވެހިރާއްޖެ

 

އީ-މެއިލް:   [email protected]ވެބްސައިޓް:www.aasandha.mv       ފޯން: +960 3011418

07 މާރިޗު 2018
ހޯދާ