ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޑިޔާގެ ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް – އަންޑަރ ގްރެޖުއޭޓް (ޔޫ.ޖީ) 2018 އާއި ގުޅޭ

އިންޑިޔާގައި ބެޗްލަރ އޮފް މެޑިސިން، ބެޗްލަރ އޮފް ސަރޖަރީ (އެމް.ބީ.ބީ.އެސް) އަދި ބެޗްލަރ އޮފް ޑެންޓަލް ސަރޖަރީ (ބީ.ޑީ.އެސް) ކޯސްތައް ފުރިހަމަކުރަން ގަސްދުކުރާ ދަރިވަރުން އިންޑިޔާގެ މެޑިކަލް ކައުންސިލް އެކްޓްގެ ދަށުން ފުރިހަމަކުރުން ލާޒިމްކުރާ "ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް" (ޔޫ.ޖީ) 2018 ފުރިހަމަކުރުމަށް އޮންލައިންކޮށް ރެޖިސްޓަރ ވުމުގެ ފުރުޞަތު 9 މާރިޗު 2018 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ޓެސްޓާގުޅޭ މައުލޫމާތު ހިމެނޭ ކަރުދާހެއް މި އިއުލާނާ އެކުގައި ވާނެއެވެ. އަދި އެޕްލިކޭޝަންގެ ލިންކް www.cbseneet.nic.in ވެސް އެލިޔުމުގައި ހިމެނިފައިވެއެވެ.

05 މާރިޗު 2018
ހޯދާ