ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފުރުޞަތު: މާރިޗު 2018

500 ފުރުޞަތު

ލޯނުގެ އަދަދު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް

ށ. ޕައިލެޓް ލައިސަންސް

ފެންވަރު:

"މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އުޞޫލު މާރިޗު 2018"  ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް

ދާއިރާ:

ލޯނު އެހީ ދިނުމުގެ ޝަރުތުތައް "މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އުޞޫލު  މާރިޗު 2018" ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ.

ޝަރުތުތައް:

ލޯނަށް އެދި ފޯމް ހުށައަޅާނީ ތިރީގައިވާ ދެ ގޮތުންކުރެ އެއްގޮތަށެވެ.

  1. އީ.މެއިލް އެޕްލިކޭޝަން ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ   [email protected] އަށެވެ.
  2. މެނުއަލް އެޕްލިކޭޝަން ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 4  މާރިޗު 2018 އިން 29  މާރިޗު 2018 ގެ 14:00 ގެ ކުރިންނެވެ.

ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް:

- ލޯނަށް އެދި ހުށައަޅާ ފޯމު 4  މާރިޗު 2018 އިން ފެށިގެން 22  މާރިޗު 2018 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓު gov.mvwww.dhe.އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ލޯނަށް އެދި ހުށަހަޅާ ފޯމު ދޫކުރުން:

 

  1. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނީ 1 މާރިޗު 2018 އިން 29  މާރިޗު 2018 ގެ 14.00 ގެ ކުރިންނެވެ.
  2. މެނުއަލް އެޕްލިކޭޝަން ހުށަހަޅާނީ:

-        4  މާރިޗު 2018 އިން 22  މާރިޗު 2018 ގެ 9.00 އިން 12.00 އަށެވެ. އަދި

-        25 މާރިޗު 2018 އިން 29 މާރިޗު 2018 ގެ 9.00 އިން 14.00 އަށެވެ.

އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި:

- ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

- ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އުޞޫލުގެ ޖަދުވަލްތައް 1 މާޗް 2018 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެންހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުޞޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

- ލޯނަށް އެދި ހުށައަޅާ ފޯމު ބާތިލު ނުވާނޭ ގޮތް ހެދުމަށްޓަކައި ފޯމު ހިފައިގެން އަންނަ މީހާގެ ހާޒިރުގައި ފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެކުގައި ހުންނަންޖެހޭ ތަކެތި ހަމަނުވާ ފޯމާއި ފުރިހަމަނުކުރާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. އެފަދަ ފޯމްވާނީ ބާތިލެވެ.

- ފޯމު ބަލައިގަތުމަށްފަހު ފޯމަށް ނުވަތަ ފޯމާއެކު ހުށައެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި ފޯމު ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން ފޯމެއް ހުށައަޅާނަމަ ކުރިން ހުށައެޅި ފޯމު ބާތިލްކުރަންވާނެއެވެ.

- މި ސްކީމްގެ ދަށުން އިޢުލާންކޮށްފައިވާ ޕައިލެޓް ސްޓަޑީސް ލައިސަންސް ކޯހަށް، ލެވަލް 5، 6، 7، 8، 9 އަދި ލެވެލް 10 ގެ ސެޓްފިކެޓް ހާޞިލްކޮށްފައިވާ ފަރާތްތަކަށް ކުރިމަށްޗެއް ނުލެވޭނެއެވެ.

- ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދޭ ތަރުތީބު މި ލޯން ސްކީމްގެ އުޞޫލުގެ ޖަދުވަލު 4B 4A
 4D 4Cގައި ބަޔާންކޮށްފައިވާނެވެ.

- ލޯނަށް އެދި ހުށައަޅާ ދަރިވަރުންނަށް ޕޮއިންޓް ދިނުމުގައި ބޭނުންކުރާ މިންގަނޑު މި ލޯނު ސްކީމްގެ އުޞޫލުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާނެއެވެ.

- ލޯނަށްއެދި ހުށައަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- ލޯނަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކަކީ ވެލިޑޭޓް ކޮށްފައިވާ އަދި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭނެއެވެ.

- ވެލިޑޭޓްކުރުމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ސެޓްފިކެޓްގެ ފެންވަރުބަލައި ތައްގަނޑުޖެހުމެވެ.

- ސެޓްފިކެޓްގައި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖެހުމަކީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއެއްގޮތަކަމަށް ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯ ފާމަކުން ތައްގަނޑުޖެހުމެވެ.

- އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ލިޔުމުގައި ތައްގަނޑުޖެހި ލޯ ފާރމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، އަދި ތާރީޚް އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ލިޔުންތައްވެސް ހުންނަންވާނީ މިފަދައިންނެވެ.

- އަސްލާއިއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ އަދި ސެޓްފިކެޓްގެ އަޞްލުގައި ދެފުށް ވާނަމަ ދެފުށް ކޮޕީ ނުނަގާ ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތައް ޤަބޫލެއް ނުކުރެވޭނެއެވެ.

- އީމެއިލް އިން އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ޑޮކިއުމަންޓްސް ގެ އަސްލާ އެއްގޮތްކަމަށް ތައްގަޑުޖަހާފައިވަ ކޮޕީގެ އަސްލު މިޑިޕާޓްމަންޓަށް ހުށައަޅާނެ ތަރީޚް ފަހުން ދަންނަވާނެއެވެ.

- ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓްވެސް ހުށަހަޅަންވާނެއެވެ.

ވެލިޑޭޓްކުރުމާއި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖެހުން:

- މި އިޢުލާނާއިއެކު ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:

  -  ލޯނަށް އެދި ހުށައަޅާ ފޯމް.

  - މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ އުޞޫލު މާރިޗު 2018 އާއި އެ އުޞޫލުގެ   ޖަދުވަލުތައް.

އެހެނިހެން:

މި ސްކީމުގެ ދަށުން ލޯނުއެހީ ގެ އުޞޫލު ދޫކުރުމަށް ކަނޑައެޅިފައިވާ  "މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ އުޞޫލު މާރިޗު 2018" އާއި އުޞޫލުގެ ހުރިހާ ޖަދުވަލުތަކަކީ މި އިޢުލާނުގެ ބައެކެވެ.

  އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  33412903341376 3341326 3341381 3341327 3341309 ފޯން ނަމްބަރަށެވެ.

01 މާރިޗު 2018
ހޯދާ