ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ: އޮޑިޓަރޖެނެރަލްގެ އޮފީސް އޮޑިޓްކުރުމޭގުޅޭ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2017 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް ކުރެވުނު ނަންބަރު 17 / 2017 / އެމް.އެލް/ އައި.ޔޫ / އެފް- 57 (24 ޑިސެމްބަރ 2017) އިޢުލާނާ ގުޅިގެން، ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީވެ، މި ޢިއުލަން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން، ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމްތަކުގެ ތެރެއިން -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާނޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ފެބްރުވަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

26 ފެބުރުވަރީ 2018
ހޯދާ