ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެލޭޝިޔާ ސަރުކާރުން ދެއްވާ ސްކޮލަރޝިޕް ސްކީމް 2018

އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ކޯހުގެ ދާއިރާ:

* ޖުމްލަ 250 ފުރުޞަތު.

    - 50 މާސްޓަރސް ޑިގްރީ

    - 200 ބެޗެލަރސް ޑިގްރީ

ކޯހުގެ ލެވެލް އަދި ޢަދަދު:

މެލޭޝިޔާ

ޤައުމު:

 

ބެޗްލަރސް ޑިގްރީގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.
  2. އިޢުލާނާއެކު ވެބްސައިޓްގައި އަޕްލޯޑްކުރެވިފައިވާ ކޯސްތައް ހިންގާ ޔުނިވަރސިޓީއަކުން، އެ ކޯހަކަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން.
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

  

މާސްޓަރސް ޑިގްރީގެ ޝަރުތު:

 1.  ބެޗެލަރސް ޑިގްރީއެއް  ހާސިލުކުރައްވާފައިވުން.

2. އިޢުލާނާއެކު ވެބްސައިޓްގައި އަޕްލޯޑްކުރެވިފައިވާ ކޯސްތައް ހިންގާ ޔުނިވަރސިޓީއަކުން، އެ ކޯހަކަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓު މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

  • މި އިޢުލާނުގައިވާ ޝަރުތެއް ފުރިހަމަ ނުވާ ބޭފުޅަކަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" އިންނެވެ.

ކޯހުގެ ޝަރުތު:

  • §      ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

ލޯން ސްކީމަށް ހޮވިފައިވާ ދަރިވަރުން:

-             ލޯން ސްކީމަށް ހޮވުނު ކަމުގެ ލިޔުން.

-             ޕާސްޕޯޓް ކޮޕީ (ޑޭޓާ ޕޭޖް.)

-             ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-             ލޯން އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ލިޔުންތަކުގެ ތެރޭ ނުހިމެނޭ ލިޔުމެއް ކޯސްދޭ ޔުނިވަރސިޓީގެ އެންޓްރީ ކުރައިޓީރިއާގައި އޮތްނަމަ، އެލިޔުމެއްގެ ކޮޕީ

އެހެނިހެން ދަރިވަރުން.

-             ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

-             ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. 

-             ޕާސްޕޯޓްގެ ކޮޕީ (ޑޭޓާ ޕޭޖް)

-             ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-             ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-             މާސްޓަރސް ޑިގްރީ ކޯހަކަށް އެދިވަޑައިގަންނަވާނަމަ، ބެޗެލަރސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރިކަމުގެ ލިޔުން.

-             ޚިދުމަތްކުރުމަށް ބޮންޑެއް އޮތްބޭފުޅެއްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

-             އިޢުލާނާއިއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިއީ "އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސަސް-(އީ.އެމް.ޖީ.އެސް)" ގެ ފަރާތުން ދިވެހިރާއްޖެއަށް ދެއްވާފައިވާ 500 ސްކޮލަރޝިޕް ފުރުޞަތުގެ ތެރެއިން މިބުރުގައި ހުޅުވާލެވޭ 250 ސްކޮލަރޝިޕްގެ ފުރުޞަތުތަކެވެ.
  • މި ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން ކޯހަށް ހޮވުމުގައި އިސްކަންދޭނެ ތަރުތީބު އެނގޭނެ ގޮތުގެ ލިޔުން މިއިޢުލާނާއި އެޓޭޗްކޮށްފައިވާނެއެވެ.
  • އީ.އެމް.ޖީ.އެސް އިން ދެއްވާފައިވާ ސްކޮލަރޝިޕްތަކުގެ ތެރެއިން "ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާ" އަދި "މަލާޔާ ޔުނިވަރސިޓީ"ގެ މާސްޓަރސް ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީ ވަނީ ސަބްސިޑައިޒްޑް ކޮށްފައެވެ. އެހެން ހުރިހާ ޔުނިވަރސިޓީތަކުގެ ކޯސްތަކުން، %50 ކޯސް ފީ ވަނީ ހިލޭ ހަމަޖެހިފައެވެ. އެހެންކަމުން، ކޯހުގެ ބާކީ ޚަރަދުތައް ހަމަޖައްސަވަން ވާނީ ދަރިވަރު އަމިއްލަފުޅަށެވެ. އަދި އަމިއްލަފުޅަށް ކުރައްވަންޖެހޭ ޚަރަދުތައް މިޑިޕާޓްމަންޓުން ހަމަޖެއްސުމަށް އެދިވަޑައިގަންނަވާނަމަ، ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސައިދެވޭނެއެވެ.
  • ލޯނު ހަމަޖެހިފައިވާ ދަރިވަރުންނަށް އެދިވަޑައިގެންނެވޭނީ، ލޯނު ހަމަޖެހިފައިވާ ކޯހަށެވެ. ނަމަވެސް، އިސްކަންދެއްވާ ތަރުތީބަކުން 3 ޔުނިވަރސިޓީ އިހުތިޔާރުކުރެވިދާނެއެވެ.
  • ލޯނު ހަމަޖެހިފައިނުވާ ދަރިވަރުންނަށް، އެއް ޔުނިވަރސިޓީއަކުން ނުވަތަ އެއަށްވުރެ ގިނަ ޔުނިވަރސިޓީން 3 ކޯހަކަށް އެދިވަޑައިގެންނެވިދާނެއެވެ.
  • ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުން ކޯސްފެށުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުއެވެ.
  • ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، "ޔުނިވަރސިޓީ" އިންނެވެ.
  • މި ސްކީމްގެ ދަށުން ފުރުޞަތު ލިބިފައިވާ ޔުނިވަރސިޓީތަކާއި، ކޯސްތަކާއި، ކޯހުގެ ފީ އަދި ކޯހުގެ އަދަދު އެގޭނެ މަޢުލޫމާތު ޝީޓް  މިއިޢުލާނާއިއެކު އެޓޭޗްކޮށްފައިވާނެއެވެ.
  • ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، ކޯސް ފުރިހަމަކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި ޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.
  • އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެންކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
    • ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ  ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ. އަދި ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.
    • މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން އެކެވެ.
    • މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.
    • ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
    • ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި ޑިޕާޓްމަންޓުން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.
    • ކޯހަށް ނޮމިނޭޓްވެއްޖެކަން މި ޑިޕާޓްމަންޓުން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.
    • މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.
    • އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުކަރުދާހުގެ ދެފުށުގައި ލިޔުމެއް/ނިޝާނެއް ފަދަ އެއްޗެއް ހިމެނޭނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.
    • އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން ބޭނުންފުޅުނަމަ،  ސަރުކާރުގެ އޮފީހަކުން ނުވަތަ  ލޯ ފަރމަކުން އެޓެސްޓްކުރެއްވުމަށްފަހު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވިދާނެއެވެ.
      • އެޓެސްޓެޑް އަސްލު ހުށަހަޅުއްވާނަމަ، އެޓެސްޓްކޮށްފައި ހުންނަންވާނީ އިނގިރޭސިބަހުން ތިރީގައިވާ މަޢުލޫމާތު އޮޅުންފިލާގޮތަށެވެ.
      • އެޓެސްޓްކުރި ތަނުގެ ނަން.
      • އެޓެސްޓްކުރި މީހާގެ ނަން.
      • އެޓެސްޓްކުރި މީހާގެ މަގާމް.
      • އެޓެސްޓްކުރި މީހާގެ ސޮއި.
      • އެޓެސްޓްކުރި ތާރީޚް.
      • މި އިޢުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން އެއްދުވަސް ކުރިން ސެޓްފިކެޓާއިއެކު ކޮޕީ މި ޑިޕާޓްމަންޓަށް ހުށަހަޅުއްވައިފިނަމަ، އެޓެސްޓްކޮށްދެވޭނެއެވެ.
      • އެޓެސްޓްނުކުރައްވައި ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވި ބޭފުޅެއް ނޮމިނޭޓްވާނަމަ، އެލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.
      • އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.
      • ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި،  އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރާ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް އަދިވެސް އެފަދަ ލިޔުންތައް މި ޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2018 މާރިޗު  15  ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341307 އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރުކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

 

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3341383 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

25 ފެބުރުވަރީ 2018
ހޯދާ