މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
27 ނަންބަރު ބާޖު ސިޓީލާ ބީލަމުގައި ވިއްކާލުން

  1. ދަޢުވަތު

އެމްޕީއެލްގެ 27 ނަންބަރު ބާޖު ހަލާކުވެ ގިނަދުވަސް ވުމުގެ ސަބަބުން އިތުރަށް މަރާމާތުކޮށްގެން ވެސް ބޭނުންނުކުރެވޭނެތީ، ބާ ދަގަނޑުގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ މި ބާޖު ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސިޓީލާ ބީލަމުގައި މި ބާޖު ވިއްކާލުމަށް ހުޅުވާލަމެވެ. 

1. ބީލަމުގެ ތަފުސީލު

ހ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމްޕީއެލްގައި -/50,000 ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓައިގެން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ރަޖިސްޓަރީ ކުރުމަށްޓަކައި އަންނަނިވި މަޢުލޫމާތު އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

  • އަމިއްލަ ފަރުދުންނަމަ އައި.ޑީ. ކާޑުގެ ކޮޕީ
  • ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއާއި ބީލަމުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު އަދި އަމިއްލަ ފަރުދެއްގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ މީހާ ބީލަމުގައި ބައިވެރިވުމަށް އިއުތިރާޒެއް ނެތްކަން ބަޔާންކޮށްދޭ ސިޓީއެއް.

ށ.  ބީލަން ފެށޭ އަގަކީ -/500,000 ރުފިޔާއެވެ.

ނ.  ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީ އަގަށް ފަހަރަކަށް އިތުރު ކުރެވޭނީ މަދުވެގެން -/50,000 ރުފިޔާއެވެ.

ރ. ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާ ހަމަޔަށް ހުށަހެޅިފައި އޮންނަ އެންމެ މަތީ އަގު އެދުވަހުގެ 13:30 ގައި އެމްޕީއެލްގެ ނޯޓިސް ބޯޑުގައި އިޢުލާންކޮށް އެމްޕީއެލްގެ ވެބްސައިޓް www.port.com.mv ގައި ޝާއިޢު ކުރެވޭނެއެވެ.

ބ. ބީލަމުގެ ކުލި އެކަށީގެންވާ އަދަދަކަށް އެރުމަށްފަހު (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) 72 ގަޑިއިރު ވަންދެން އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ބީލަން ނިންމާލެވޭނެއެވެ. އަދި ބީލަން ކުރިޔަށް ދާނީ 3 ހަފުތާގެ މުއްދަތަކަށެވެ.

ޅ. ދެ ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ އަގު އެއްވަރުވެއްޖެނަމަ އެފަރާތްތަކަށް އެކަން އަންގައި އަގު ބަދަލުކޮށް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

2. އަގު ހުށަހެޅުން

ހ. ހުށަހަޅާ އަގު ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން އަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އެމްޕީއެލްގެ ކައުންޓަރުގައި ބެހެއްޓިފައިވާ ފޮށްޓަށެވެ. ސިޓީއުރައިގެ ބޭރުގައި "ބީލަމުގައި ބައިވެރިވުމަށް އެދި" ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތު ފުރިހަމަ ކުރަންވާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް
  2. އަމިއްލަ ފަރުދެއްނަމަ އައި.ޑީ. ކާޑުގެ ނަންބަރު/ ކުންފުންޏެއްނަމަ ރަޖިސްޓަރީ ނަންބަރު
  3. ގުޅޭނެ ފޯނު ނަންބަރު
  4. ހުށަހަޅާ ކުލި
  5. ޑިޕޮސިޓްގެ ރަސީދު ނަންބަރު

3. ބީލަން ނިންމުން

ހ. ބީލަން ނިމުމުން އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބު ވެއްޖެކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. އަދި މި ބާޖު ގަތުމަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތުން 05 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު 07 ދުވަހުގެ ތެރޭގައި މި ބާޖު އެމްޕީއެލް ސަރަޙައްދުން ގެންދަންވާނެއެވެ.

ށ. ބީލަން ކާމިޔާބުވި ފަރާތެއްގެ މައްސަލައަކާހުރެ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެނަމަ އެފަރާތަކުން ހުށަހަޅާފައިވާ ބީލަން ބާޠިލު ކުރެވޭނެއެވެ. މިގޮތުން ބީލަން ބާޠިލު ކުރެވިއްޖެނަމަ އެފަރާތަކުން ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި -/50,000 ރުފިޔާ އަނބުރާ ނުލިބޭނެއެވެ. (ފޯރފިޓް ކުރެވޭނެއެވެ.)

ނ. ބީލަން ކާމިޔާބުނުވާ ފަރާތްތަކުން ދެއްކި ޑިޕޮސިޓް ފައިސާ ބީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި އަނބުރާ ލިބޭނެއެވެ.

4. މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން ވިއްކާލާ ބާޖު ބަލަން ބޭނުންވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުމުން ބާޖު ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓް ފޯން ނަންބަރު 3323993 އަދި އީމެއިލް [email protected]  ފޮނުއްވައިދެއްވުން އެދެމެވެ.

5. އިތުރު ބަޔާން

މަތީގައި ބަޔާން ކުރެވުނު ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެދެފަރާތުގެ ޢާއިލާ ބޭފުޅެއް (ޢާއިލާ މާނަ ކުރަނީ މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަދަ ފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށް ވެސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

21 މުޙައްރަމް 1435

25 ނޮވެންބަރު 2013
ހޯދާ