މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

އިއުލާން

 

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ، މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ (IUL)312-A S/312/2018/3  14 ޖެނުއަރީ 2018 އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.  

 

  1. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

 

  • މަޢުލޫމާތު ދިނުމުގެ ސެޝަން: 25 ފެބްރުއަރީ 2018ވާ އާދިއްތަ ދުވަހުގެ 10:00 އަށް ކޮމިއުނިޓީ އީސެންޓަރަށް
  • އަންދާސީ ހިސާބު ހުށަހެޅުން: 1 މާރޗް 2018ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކޮމިއުނިޓީ އީސެންޓަރަށް

 

2. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

 

3. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

4. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި " ރ.ކިނޮޅަހު މަގުބައްތިތައް އައުޓްސޯސްކޮށް ބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

5. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

 

4 ޖުމާދިލްއާހިރު 1439

 

20 ފެބުރުވަރީ 2018
ހޯދާ