ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމުގެ ޤަވައިދާ ހިލާފަށް އުޅަނދު އެހެލައި ހަރުގެ ހެދުމާއި ބެހޭ

އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމުގެ ޤަވާއިދާ ހިލާފަށް އުޅަނދު އެހެލައި ހަރުގެ ހެދުމާއި ބެހޭ:

އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމުގެ ޤަވާއިދާއި އުޞޫލާއި ހިލާފަށް ރަށުގެ އެކި ސަރަހައްދުތަކުގައި އެހެލާފައިވާ އުޅަނދުތައް އެސަރަހައްދުތަކުން ނެގުމަށް ކައުންސިލުގެ 3 ވަނަ ދައުރުގެ 29 ވަނަ އާންމު ޖަލްސާއިންވަނީ ނިންމާފައެވެ.

މިހެންކަމުން ރަށުގެ އެކި ސަރަހައްދުތަކަށް މަރާމާތު ކުރުމަށް އެހެލާފައިވާ އުޅަނދުތައް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި  އެސަހައްދުތަކުން ނަގައި، އެސަރަހައްދުތަކުގައިވާ ކުނިބުނިތައް ސާފުކޮށް "ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ޤަވާއިދު" އާ އެއްގޮތަށް އަމަލު ކުރުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. އުޅަނދުތައް މަރާމާތު ކުރުމަށް އެހެލަންވާނީ ކައުންސިލުން ހުއްދަ ލިބިގެން ކައުންސިލުން ދޫކުރާ ބިންތަކެއްގައި ކަމަށާއި އަދި މިގޮތުން ކުއްޔަކާއި ނުލައި ދެވޭނީ ވެސް 15 ދުވަހުގެ މުއްދަތެއް ކަމުގައިވެސް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ، މިހާރު ރަށުގެ އެކި ސަރަހައްދުތަކަށް އެހެލާފައިވާ އުޅަނދުފަހަރާއި ހަރުގެ ޖަހައިގެން މަރާމާތު ކުރަމުންދާ އުޅަނދު ފަހަރުތައް 15 ދުވަހުގެ ތެރޭގައި އެތަންތަނުން ނެގުމަށް ދަންނަވަމެވެ. އަދި 15 ދުވަހަށް ވުރެ އިތުރުވާ ފަރާތްތަކުން އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމުގެ ޤަވައިދާއި އުޞޫލުގެ ތެރެއިން ފީ ނަގަން ފަށާނެ ވާހަކަވެސް މި ފުރުޞަތުގައިވެސް ދަންނަވަމެވެ.

އަދި 15 ދުވަހަށް ވުރެ އިތުރު މުއްދަތު ބޭނުންވާ ފަރާތްތަކުން އޮޑިހަރުގެ އެޅުމަށް ބިން ދޫކުުރުމާއި ބެހޭ ޤަވާއިދާއި އުޞޫލާއެއްގޮތަށް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އަންގާ އިއުލާން ކުރީމެވެ.

 

03 ޖުމާދަލްއާޚިރާ 1439

19 ފެބުރުވަރީ 2018
ހޯދާ