އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު އަމީން ސްކޮލަރޝިޕް - 2018

މި އިޢުލާނަކީ މި ސްކޮލަރޝިޕަށް ކުރިމަތިލުމަށް 2018 ފެބުރުއަރީ 12 ގައި ކުރެވުނު މިސްކޫލްގެ ނަންބަރު AS-A/IU/2018/14 އިޢުލާނު ގައި ހަމައެކަނި އަންހެން ކުއްޖަކަށް ކުރިމަތިލެވޭގޮތަށް އޮތުމުން ދެޖިންސްގެ ކުދިންނަށްވެސް ކުރިމަތިލެވޭގޮތަށް މި ފުރުސަތު ދިނުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.   

 

މުޙައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ޙަރަކާތާއި ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެދަށުން 1995 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން ދަރިވަރަކަށް (1 ޖާގަ) މިސްކޫލްގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް އެކެވެ.

 

2018 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭފަރާތްތަކުން އެކަމަށްއެދި 2018 ފެބުރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން މިސްކޫލަށް ސިޓީ ފޮނުއްވުންއެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ އަސްލާއެކު ކޮޕީ އެއް އަދި 2017 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމް ގެ އަސްލާ އެކު ކޮޕީއެއް(ގްރޭޑް 7 ގެ ފަހުޓާރމް) ހުށައަޅަންވާނެއެވެ.

ޝަރުތު

  1. 2017 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
  2. 2017 ވަނައަހަރު މާލެ/ވިލިމާލެ/ހުޅުމާލެ ފިޔަވާ އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން.
  3. އަޙްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2017 ވަނައަހަރުގެ ފަހުޓާމްގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

 

ޝަރުތު ހަމަވާކުދިންގެ ލިސްޓެއް 2018 ފެބުރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ފަހުން ސްކޫލް

ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މިކުދިންނަށްދޭ އިމްތިޙާނު ތިރީގައިވާގޮތަށް މިސްކޫލްގައި އޮންނާނެއެވެ. މިއިމްތިޙާނުގެ ނަތީޖާ 2018 ފެބުރުއަރީ 26 ވާ ހޯމަ ދުވަހުގެ 1200 ގެ ފަހުން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

  • 2018 ފެބުރުއަރީ 25 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10.00 ގައި އިނގިރޭސި      (2 ގަޑިއިރު)
  • 2018 ފެބުރުއަރީ 25 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2.00 ގައި ހިސާބު        (2 ގަޑިއިރު)
19 ފެބުރުވަރީ 2018
ހޯދާ