އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މި އިޢުލާންވަނީ 18 ފެބުރުވަރީ 2018 15:35 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް:                    ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:            J-291374

ބޭނުންވާ އަދަދު:             01 (އެކެއް)

މަޤާމުގެ ގިންތި:             ކޮންޓްރެކްޓް (06 މަސް)

މަޤާމުގެ ރޭންކް:             އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:      ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓު:                   ކޯޕަރޭޓް އެފެއާޒް

މަޤާމް އޮތް އޮފީސް:           އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:     އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް އިދާރާ

މުސާރަ:                  -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:        -/2,000 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:        1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                    2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                    3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                    4. ގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެ އެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި     1. ކައުންސިލްގެ ތިޖޫރީ ބެލެހެއްޓުން، މާލިއްޔަތު ފައިސާ، އެނިސްބަތްވާ އެކައުންޓުތަކަށް ޖަމާކުރުން.

ވާޖިބުތައް:                 2.މާލިއްޔަތު ރިޕޯޓު ތައްޔާރުކުރުން.

                       3. ޗެކް ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.

                       4. އާމްދަނީ ލިބޭ /ނެގޭފީތަކުގެ ރަޖިސްޓަރީއެއް ތައްޔާރުކޮށް ބެލެހެއްޓުން.

                       5. ޕީ.އެސް.އައިޕީ ފޯމް ތައްޔާރުކޮށ، ބަޖެޓް ކޮންޓްރޯލް، އަދި މަންތްލީ ކޭޝްފުލޯ ތައްޔާރުކުރުން.

                       6. ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތައް ތައްޔާރުކޮށް ފޮނުވުން.

                       7. ފައިސާއާއި ގުޅުންހުރި އިޢުލާން ތައްޔާރުކުރުން އަދި ނީލަން ކިޔުން.

                       8. ލަފާކުރާ ބަޖެޓް ތައްޔާރުކުރުން،އަދި މާލީ ބަޔާން ތައްޔާރުކުރުން.

                       9. ކައުންސިލުން  ކުއްޔަށް ދޫކުރާ މުދަލާއި ހިފާގެންގުޅޭ ތަކެތީގެ ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.

                      10. ފައިސާއާއި ގުޅުންހުރި ސިޓީ، މެސެޖު އަދި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމާއި ފައިލްކުރުން.

                      11. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން. 

 

މަޤާމުގެ ޝަރުޠުތައް:          1.  އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

                         ނުވަތަ

                       2. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 

                        ނުވަތަ

                       3.  އެޑްމިނިސްޓރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު         1.ލިބިފައިވާ ތަޢުލީމާއި، ތަމްރީނު.

ފަރާތެއް ހޮވުމަށް ބެލޭނެ          2. ލިބިފައިވާ މަސައްކަތު ތަޖުރިބާ.

ކަންތައްތައް:                 3.ލިބިފައިވާ ހުނަރު، ފެންވަރު، ޤާބިލްކަން އަދި ސިފަ.

                         4. އިންޓަރވިއު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

                       1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

                       2 .ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                       3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                       4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

                       5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                       (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

                       (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                      (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

                       6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

                       7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

                       8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

                       (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                       (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި           ވަޒީފާއަށް އެދޭ ފޯމު އުކުޅަހު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  

 ސުންގަޑި:                  ތަކެތި ހުށަހަޅާނީ 27 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، އުކުޅަހު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި

                         ލިޔުންތައް އީމެއިލް މެދުވެރިކޮށްެވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު 

                         ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޗަން ބާޠިލުކުރެވޭނެއެވެ.  

   

އިންޓަވިއު އޮންނާނެ ތަނާއި،          މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  28ފެބްރުއަރީ 2018  އާއި 08 މާރިޗު 2018  އާ ދެމެދު،އުކުޅަހު ކައުންސިލް އިދާރާ ގައެވެ. ވުމާއެކު،

މުއްދަތު:                       މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.                                                        

 

ޝޯޓް ލިސްޓްކުރެވޭނެ              މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަތާރްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި

 ކްރައިޓީރިއާ:                   ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް

                            ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް            މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30 ލިބެންޖެހޭނެއެވެ. 

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ 

ހުރިހާ ބަޔަކުން އެންމެ ދަށްވެގެން

ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

އިތުރު މައުލޫމާތު ހޯދުން:           މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6660536 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                            [email protected] އަށެވެ.

 

02 ޖުމާދަލްއާޚިރު 1439

18 ފެބުރުވަރީ 2018
ހޯދާ