ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ފޮޓޯގްރަފީ ކޯހުގެ ބައިވެރިންނަށް ތަމްރީނުދޭނެ ޓްރެއިނަރެއް ހޯދުމަށް

އިޢުލާން

ޓިވެޓް އޮތޯރިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ ކޯހުގެ (ސެޓްފިކެޓް 3 އާއި، ސެޓްފިކެޓް 4) ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމް: ޓްރެއިނަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަސައްކަތުގެ މުއްދަތު: 1 (އެއް) އަހަރުދުވަސް.

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ.

ގިންތި: ވަގުތީ

މަޤާމުގެ ފެންވަރު/ޝަރުޠު:

1. ފޮޓޯގްރަފީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ފޮޓޯގްރަފީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 1 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  ނުވަތަ؛

3. ފޮޓޯގްރަފީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކުރުމާއެކު، ފޮޓޯގްރަފީ ދާއިރާއިން އިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

ފޮޓޯގުރަފީ ކޯސ ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ.ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން                         

އިންޓަވިއުކުރުން:

ހ.ޓްރެއިނަރުން ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ،  20 ފެބްރުއަރީ އާއި 21 ފެބްރުއަރީ އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ޓްރެއިނަރއަކަށް އެދި ހުށަހަޅާ ސިޓީ.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް، އެޓެސްޓްކޮށްފައިވާ)

ރ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި މަސައްކަތަށް  ޝައުޤުވެރިވާ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  ޓެކްނިކަލް  އެންޑް ވޮކޭޝަނަލް  އެޑިޔުކޭޝަން  އެންޑް  ޓްރެއިނިންގ  އޮތޯރިޓީ (މޯލްޑިވްސް ޕޮލިޓެކްނިކް، ފުރަތަމަ ފަންގިފިލާ) އަށެވެ. ނުވަތަ މިއޮފީހުގެ އީމެއިލް [email protected]   މެއިލް ކުރާށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 18 ފެބްރުއަރީ 2018 ގެ 14:30ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3341375ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ޖުމާދަލްއޫލަ 1439

14 ފެބްރުއަރީ 2018

14 ފެބުރުވަރީ 2018
ހޯދާ