ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންޕިއުޓަރ ޕްރޮގްރާމިންގ ކޯހުގެ ބައިވެރިންނަށް ތަމްރީނުދޭނެ ޓްރެއިނަރެއް ހޯދުމަށް

ޓިވެޓް އޮތޯރިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ކޮންޕިއުޓަރ ޕްރޮގްރާމިންގ ކޯހުގެ (ސެޓްފިކެޓް 3) ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމް: ޓްރެއިނަރ

ބޭނުންވާ އަދަދު: 1 (އެކެއް)             

މަސައްކަތުގެ މުއްދަތު: 6 (ހައެއް) މަސްދުވަސް.

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ.

ގިންތި: ވަގުތީ

މަޤާމުގެ ފެންވަރު/ޝަރުޠު:

1. ކޮންޕިއުޓަރ ޕްރޮގްރާމިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ކޮންޕިއުޓަރ ޕްރޮގްރާމިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 2 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  ނުވަތަ؛

3. ކޮންޕިއުޓަރ ޕްރޮގްރާމިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުމާއެކު، މި ދާއިރާއިން އިން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

ކޮންޕިއުޓާ ޕޮރޮގްރާމިންގ ކޯހާއި ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ.ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން                         

އިންޓަވިއުކުރުން:

ހ.ޓްރެއިނަރުން ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ،  ފެބްރުއަރީ 25 އާއި 27 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ޓްރެއިނަރއަކަށް އެދި ހުށަހަޅާ ސިޓީ.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް، އެޓެސްޓްކޮށްފައިވާ)

ރ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- އަދާކޮށްފައިވާ ވަޒީފާ ނުވަތަ ވަޒީފާތަކުގެ ހެކި

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި  މަސައްކަތަށް  ޝައުޤުވެރިވާ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  ޓެކްނިކަލް  އެންޑް ވޮކޭޝަނަލް  އެޑިޔުކޭޝަން  އެންޑް  ޓްރެއިނިންގ  އޮތޯރިޓީ (މޯލްޑިވެސް ޕޮލިޓެކްނިކް،ފުރަތަމަ ފަންގިފިލާ) އަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 22ފެބްރުއަރީ 2018 ވަނަ ދުވަހުގެ 14:30 އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3347422 ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ފެބުރުވަރީ 2018
ހޯދާ