މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ޢުމްރާ ދަތުރުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ޢުމްރާ ދަތުރުގައި ބައިވެރިވަޑައިގަންނަވާ ޢުމްރާވެރިން، ހުޅުލޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެ މަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ، ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއަރލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގެ ތަފުޞީލު

ނަން:                 2018 ވަނަ އަހަރުގެ މާރިޗު ޢުމްރާގެ ވައިގެ ދަތުރުގެ ޚިދުމަތް

ބޭނުންވާ ޚިދުމަތް:         މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 2018 ވަނަ އަހަރުގެ މާރިޗު މަހު ޢުމްރާގެ އަށް ވަޑައިގަންނަވާ ޢުމްރާވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ، ދިވެހިރާއްޖެ އިން ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓް، ޖިއްދާ، ސަޢުދީ ޢަރަބިއްޔާ އަށް ގެންގޮސް ދިނުމާއި އަނބުރާ ގެނައުން.

ފްލައިޓް:               2018 ވަނަ އަހަރުގެ މާރިޗު ޢުމްރާގެ ވައިގެ ދަތުރުތައް ހަމަޖައްސައި ދެއްވަންވާނީ އެއް އެއަރލައިން އަކުން އެއް ފްލައިޓް ގައެވެ.

މާލެ އިން ފުރާ ދުވަސް:      22 މާރިޗު 2018

ޖިއްދާ އިން ފުރާ ދުވަސް:     1 އޭޕްރީލް 2018

ބީލަމާބެހޭ މަޢުލޫމާތު ދިނުން

8 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި، މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ، ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 14 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓު (10:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި، ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މޫކައި ސުއިޓްސް، މ. ސަކައިމޫ، 2ވަނަ ފަންގި ފިލާ، މާލެ 20222، ދިވެހިރާއްޖެ

ފޯނު ނަންބަރު:

 9603011000+

ފެކްސް:  

 9603011004+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:

އިބްރާހީމް އިސްމާޢީލް

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ. 

04 ފެބުރުވަރީ 2018
ހޯދާ