ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ފުޓުބޯޅަ ދަނޑުގައިހުރި ރޮސްޓްރަމްގެ ނުނިމިހުރި މަސައްކަތް ކުރުން.

ހަނިމާދޫ ފުޓްބޯޅަ ދަނޑުގައިހުރި ރޮސްޓްރަމްގެ ނުނިމިހުރި މަސައްކަތްތަށް ކުރުން.

               ހަނިމާދޫ ފުޓްބޯޅަ ދަނޑުގައިހުރި ރޮސްޓްރަމްގެ ނުނިމިހުރި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 08 ފެބްރުއަރީ 2018 ވާ  ބުރާސްފަތި ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.

  • ·         އަންދާސީ ހިސާބު ތައް އިވެލުވޭޓް ކުރެވޭނެގޮތުގެ ތަފްޞީލް
  • އަގަށް: 85 ޕޮއިންޓް

ހުށަހެޅޭ އެންމެހެޔޮއަގު/ހުށަހެޅި އަގު: 85

  • މުއްދަތު: 15 ޕޮއިންޓް

ހުށަހެޅޭ އެންމެކުރު މުއްދަތު/ހުށަހެޅި މުއްދަތު: 15

  • ތަޖުރިބާ: 15 ޕޮއިންޓް

މިފަދަ މަސައްކަތްތަށް ކުރިކުރިކަމުގެ އެންމެ ގިނަ ލިޔުންތައް/ހުށަހެޅި ލިޔުންތައް: 15

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

01 ފެބުރުވަރީ 2018
ހޯދާ