ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ފުޑް އެންޑް ބެވަރެޖް ސާރވިސަސް ގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު

ފުޑް އެންޑް ބެވަރެޖް ސާރވިސަސްގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން 2018 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ބެޗް ފެބްރުއަރީގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ނޭޝަނަލް ސެޓްފިކެޓް 3 އިން 'ފުޑް އެންޑް ބެވަރެޖް ސާރވިސް' އަދި ނޭޝަނަލް ސެޓްފިކެޓް 4 އިން 'ފުޑް އެންޑް ބެވަރެޖް ސާރވިސް' ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ.

 

މިޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް ލިބެނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމް.ކިއު.އޭ) ޤަބޫލުކުރާ ލެވެލް 3  ނުވަތަ 4 ގެ ސަނަދެކެވެ.

 

ކޯސް

ބައިވެރިވުމުގެޝަރުޠު

ކޯހުގެމުއްދަތު

ސެޓްފިކެޓް 3

  • ގްރޭޑް 7 ފުރިހަމަކޮށްފައިވުން

4 މަސް

ސެޓްފިކެޓް 4

  • ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
  • އެމް. އެން.ކިއު.އެފް ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

8 މަސް  

 

ކޯހުގެފީ:

– (މިފަހަރު މިޕްރޮގްރާމްގައި ބައިވެރިވުމަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށް ވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.)

ހުށަހަޅަންޖެހޭލިޔުންތައް

ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައިވާ)

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.

 

  

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވުން އެދެމެވެ.

 

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 ފެބްރުއަރީ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން.

 

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ :

  1. ޓިވެޓް އޮތޯރިޓީ ވެބްސައިޓް:  www.tvet.gov.mv
  2. ޓިވެޓް އޮތޯރިޓީގެ ކައުންޓަރު.

 

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 / 3341310 / 3347422ފޯނަށް ގުޅުއްވުން އެދެމެވެ.  

01 ފެބުރުވަރީ 2018
ހޯދާ