ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު   

      ށ. ކޮމަންޑޫ،

     ދިވެހިރާއްޖެ

ނަންބަރ:  C13-SM/IUL/2018/01

ވަޒީފާގެ ފުރުޞަތު

ތާރީޚް: 28 ޖެނުއަރީ 2018

 

 

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

މަގާމު

އެޓެންޑެންޓް    

މަގާމުގެ ގިންތި

ދާއިމީ  

މަޤާމުގެ ނަމްބަރ: J-253582

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު   

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު / ށ. ކޮމަންޑޫ  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

-      ޞިއްޙީ މަރުކަޒުގެ ވޯޑާއި ފާޚާނާ ތަކާއި ޑްރެސިންގ ރޫމާއި ލޭބަރ ރޫމާއި އަދިވެސް އެހެނިހެން ކްލިނިކަލް އޭރިއާތައް ސާފުކޮށް ބެލެހެއްޓުން.

-      ބަލިމީހުންނަށް ބޭނުންކުރެވޭ އެކިއެކި އާލާތްތައް ކޮންމެދުވަހަކު ދޮވެ ސާފުކުރުން.

-      އިންޖެކްޝަން ޖަހާ ކައްޓާއި ބޭނުންކުރެވޭ ތިލަފަދަތަކެތި ރައްކާތެރިކަމާއިއެކު އެތަކެއްޗައް ޙާއްޞަކުރެވިފައިވާ އެއްޗަކަށް އެޅުން

-      ޞިއްޙީ މަރުކަޒުގައި ބޭނުންކުރެވޭ މައުދަނުގެ ތަކެތި (ކިޑްނީ ޓްރޭ، ކަތުރު، ފޯސެޕްސްފަދަ ތަކެތި) ދޮވެ ސްޓްރަލައިޒްކުރުން

-      ލެބޯޓްރީގައި ޓެސްޓް ހެދުމަށް ބޭނުންކުރެވޭ ޓިއުބް ފަދަތަކެތި ދޮވެ ސާފުކުރުން

-      ނަރުހުން އަންގާ އުސޫލެއްގެ މަތިން ޑްރެސިންގ ރޫމްގައި ބޭސްއެޅުމަށް ބޭނުންކުރާ ކަފަ، ގޯޒް ފަދަތަކެތި އޮޓޮކްލޭވް ކުރުން

-      ލޯންޑަރީ އެސިސްޓެންޓް ނެތިއްޖެ ހާލަތެއްގައި އެމަސައްކަތްކުރުން.

-      ބަންދު ގަޑީގައި ދިމާވާ އިމަޖެންސީ ކަންކަމުގައި ހިންގަވަން ހުންނަވާ ފަރާތައް އެހީތެރިވެ ދިނުން.

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ސިއްޚަތެއްގައި ހުރި މީހެއްކަމުގައި ވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރު ފަހު 14:00 ށް ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުން ލިބިލައްވާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ފެބްރުވަރީ 2018 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން، ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަމްބަރަކީ، 6540091 ކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2018 ފެބްރުވަރީ މަސްތެރޭގައި ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، ފެބްރުއަރީ މަސްތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ އިންސައްތަ 25%

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540091 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ، 6540091 އެވެ. އަދި އީ-މެއިލް ކުރައްވާނަމަ [email protected] އަށެވެ.  

         

 

28  ޖަނަވަރީ   2018

 

 

28 ޖަނަވަރީ 2018
ހޯދާ