އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ - އެޗް.އެމް.އެޗް ކޯޕަރޭޓް

އިޢުލާން ނަންބަރު: AS/IUL/2018/002

މަޤާމް: ޑެޕިއުޓީ މެނޭޖަރ

ޑިޕާޓްމަންޓް: އެޗް.އެމް.އެޗް ކޯޕަރޭޓް

މަސައްކަތްކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް / އާސަންދަ ހެޑް އޮފީސް

މަޤާމުގެ ޝަރުތު:

  1. މެނޭޖްމަންޓްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސައްކަތްތައް:

  1. ހުޅުމާލެ ހޮސްޕިޓަލްގެ ކަސްޓަމަރ ސާރވިސް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ހައިސިއްޔަތުން ޑިޕާޓްމަންޓްގެ އެންމެހާ ކަންކަން ރާވައި ހިންގުން
  2. ޑިޕާޓްމަންޓްގެ ސްޓްރެޓީޖިކް ޕްލޭންއާއި އެކްޝަން ޕްލޭން އަދި އަހަރީ ޕްލޭން އެކުލަވާލައި އެޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން
  3. އާސަންދަ ކުންފުންޏާއި މިކުންފުނީގެ ދަށުން ހިނގަމުންދާ އެންމެހާ ތަންތަނުގެ މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށް؛ އެދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމުގެ ޕްލޭން އެކުލަވާލައި، ޕްލޭންއާ އެއްގޮތަށް ތަމްރީން ޕޮރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން

 

މިވަޒީފާއަށް މީހަކު ހޮވުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ތަމްރީން ދިނުމުގެ ޢަމަލީ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

 

މުސާރައާއި އިނާޔަތް : ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

 

ކުރިމަތިލުމުގެ ސުންގަޑި: 2018 ޖަނަވަރީ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.


ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-English.pdf

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-Dhivehi.pdf

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

25 ޖަނަވަރީ 2018
ހޯދާ