ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

 ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

  1. އެޑިޔުކޭޝަން (ކަރަންޓް އިޝޫޒް އިން އެޑިޔުކޭޝަން)  ރ.މީދޫ ކެމްޕަސް އަށް
  2. އެޑިޔުކޭޝަން (ކޮމްޕެރެޓިވް އެޑިޔުކޭޝަން)         މާލެ ކެމްޕަސް އަށް
  3. ޓީޗިންގ އެންޑް ލާރނިންގ އޮފް ސައިންސް        ގދ.ތިނަދޫ ކެމްޕަސް އަށް
  4. ބަޔޯމެކޭނިކަލް އެނޭލިސިސް އެންޑް އެޕްލިކޭޝަން      މާލެ ކެމްޕަސް އަށް

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

500 އަދި އެއަށްވުރެ މަތި ލެވެލްގައި ތަޤްރީރުކުރާ މާއްދާތަކަށް ގަޑިއަކަށް -/500ރ. ،300-400 ލެވެލްގައި ތަޤްރީރުކުރާ މާއްދާތަކަށް ގަޑިއަކަށް -/275ރ. ، 200 ލެވެލްގައި ތަޤްރީރުކުރާ މާއްދާތަކަށް ގަޑިއަކަށް 225ރ. ، 100 ނުވަތަ އެއަށްވުރެ ދަށް ލެވެލްގައި ތަޤްރީރުކުރާ މާއްދާތަކަށް ގަޑިއަކަށް -/200ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308 އާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2018 ޖެނުއަރީ 28 (އާދިއްތަ) ދުވަހުގެ 13:00 ގެ ކުރިން މަސައްކަތްކުރައްވަން ބޭނުންފުޅުވާ ރަށް ބަޔާންކޮށް، ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected]އަށެވެ.

23 ޖަނަވަރީ 2018
ހޯދާ