ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސިވިލް ކޯޓުގައި އޭސީ ހަރުކުރުމާއި ގުޅޭ

ސިވިލް ކޯޓުގައި ހަރުކޮށްފައިހުރި އޭސީތައް ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެފައިވާތީ އެތަކެތި ނައްޓާލުމަށްފަހު، އައު އޭސީތައް ހަރުކުރުމަށް ބޭނުންވެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގެ ނޯޓިސް ބޯޑުން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 25 ޖަނަވަރީ 2018

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 

އަދި ދަންނަވަމެވެ. މި މަސައްކަތް ކުރުމަށްޓަކައި ސިވިލް ކޯޓުން ކުރެއްވި އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތް އެވޯޑް ކުރެވުނު ފަރާތުން މަސައްކަތާއި ޙަވާލުވާން އުޒުރުވެރިވެފައިވާތީ، އެ ކޯޓުގެ ނަންބަރު: 144A3/2017/457 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާތިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

05 ޖުމާދުލްއޫލާ  1439

22 ޖަނަވަރީ 2018
ހޯދާ