ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
SEN Teacher

މަޤާމް: ރިލީފް ޓީޗަރ (ސެން)

ބޭނުންވާ އަދަދު: 1 (އެކެއް)

ސެކްޝަން: އެކަޑަމިކް

ގިންތި: ކޮންޓްރެކްޓް

މުއްދަތު: 3 މަސް ދުވަސް

އޮފީސް: ތ.ކަނޑޫދޫ ސްކޫލް

 

ޝަރުތު:

1. ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވުން. ނުވަތަ

2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ

3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

ރިލީފް ޓީޗަރުންގެ އުޖޫރަ:

މުވައްޒަފަށް އުޖޫރަ ދެވޭނީ، ނުވައްޒަފުގެ އެންމެ މަތީ ތައުލީމީ ފެންވަރަށް ބެލުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ އުޖޫރައެވެ.

 

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00 ރ

1500.00 ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00 ރ

1500.00 ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00 ރ

2500.00 ރ

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު އެއަހަރަށް ކަނޑައެޅުފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އުގަންނައިދީ އެކުދިންނަށް ހާޞިލްވާންޖެހޭ މިންވަރަށް ޙާޞިލްކޮށްދިނުމަށް މަސައްކަތްކުރެއްވުން.

2. ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި ކްލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް އެހީތެރިވެދިނުން.

3. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން ހަދައި އެ ޕްލޭން ކުރިއަށްގެންދިއުން.

  4. ސްކޫލުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފްތާއަށް) ތައްޔާރުކުރައްވައި ލީޑިންގ ޓީޗަރަށް ދެއްކެވުން.

5. ސްކޫލުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް "ސްކީމް އޮފް ވާރކް" ތައްޔާރުކޮށް ނިންމެވުމާއި މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގ ތަކާއި ޑިސްކަޝަން މީޓިންގ ތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުން.

6. ފެންވަރާއި ހުނަރުގެ ގޮތުން ތަފާތުކުދިންނަށް އަމާޒުކޮށްގެން އުގަންނައިދިނުން.

7. ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ތެކްނޮލޮޖީއަށް އަހުލުވެރިވުމާއި އަމިއްލަ ތަރައްގީއަށް މަސައްކަތްކުރުން.

8. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަދައިގަތުން. އަދި އެފަދަ ހަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަން ދެއްވުން.

9. ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއަށް ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަރވިއުކުރުން

 

*މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ، 30 ޖެނުއަރީ އާއި 6 ފެންރުއަރީ 2018 ވާ އަންގާރަ ދުވަހާއި ދެމެދު ތ.ކަނޑޫދޫ ސްކޫލުގައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯރމް

2. ތަޢުލީމީ ސެޓްފިކެތްތަކުގެ ކޮޕީ

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު ތ.ކަނޑޫދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ (www.csc.gov.mv ) ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖެނުއަރީ 29 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ތ.ކަނޑޫދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލްއަކީ ([email protected] ) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ނޯޓް:

މިއިޢުލާނާއި ގުޅިގެން މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރ: 6780573 ފޯނާއި ގުޅުއްވުން އެދެމެވެ.

 

                       26 ރަބީއުލްއާޚިރު 1438

                       17 ޖެނުއަރީ 2018

 

17 ޖަނަވަރީ 2018
ހޯދާ