މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ޢިއުލާން

                     ވޭޖު އެންޕްލޯއިމެންޓްގެ ދަށުން މިއިދާރާއަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

02

މަޤާމް އޮތް އޮފީސް:

ށ.ފޭދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ.ފޭދޫ

މުސާރަ:

މަހަކު -/5000ރ (ދުވާލަކު 07 ގަޑިއިރު މަސައްކަތްކުރާ ގޮތަށް)

ސަރވިސް އެލެވަންސް:

-

އިތުރު ޢިނާޔަތްތައް:

-

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކޮންމެ ދުވަހެއްގެ އިރުއޮށްސި 6:00 ން ޖެހިގެން އަންނަ ދުވަހުގެ 8:00 އަށް ޝިފްޓް ޑިއުޓީ އުސޫލުން ކައުންސިލް އިދާރާއާއި އިދާރާ ހިމެނޭ ގޯތީގެ (މަގުގޯޅިތައް ހިމެނޭ ގޮތަށް) ސެކިއުރިޓީ ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

1. ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

2. އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުން ކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތައުލީމައި ތަމްރީނު

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3. ލިބިފައިވާ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.

4 .ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ށ.ފޭދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖެނުއަރީ 2018ވަނަ ދުވަހުގެ 14:00 ގެ ކުރިން، ށ.ފޭދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]  އެވެ. ފެކްސް ނަންބަރަކީ، 6540045 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 25 ޖެނުއަރީ 2018އާއި 25 ފެބްރުއަރީ 2018 އާއި ދެމެދު ށ.ފޭދޫ ކައުންސިލްގެ އިދާރާގައި ބޭއްވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540045 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6540045 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

17 ޖަނަވަރީ 2018
ހޯދާ