މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިވަން ޗެންޕިއަންޝިޕް 2018ގައި އަލިފުށި ޓީމެއް އަލިފުށި ކައުންސިލްގެ އިދާރާއާއި ގުޅިގެން ޖަމުޢިއްޔާގެ ނަމުގައި ނެރުމުގެ ފުރުޟަތު ހުޅުވާލުން

އިޢުލާން

                             

މިނިވަން ޗެންޕިއަންޝިޕް 2018ގައި އަލިފުށި ޓީމެއް އަލިފުށި ކައުންސިލްގެ އިދާރާއާއި ގުޅިގެން ޖަމުޢިއްޔާގެ ނަމުގައި ނެރުމުގެ ފުރުޟަތު ހުޅުވާލުން

 

 

މިނިވަން ޗެންޕިއަންޝިޕް 2018ގައި އަލިފުށިގެ ޓީމެއް އަލިފުށި ކައުންސިލްގެ އިދާރާއާއި އަލިފުށިގެ ކުލަބު ޖަމުޢިއްޔާއަކާއި ގުޅިގެން ނެރުމަށް ކައުންސިލުން ނިންމުމާއިގުޅިގެން އެފުރުޟަތު އަލިފުށިގެ ހުރިހާ ކުލަބް ޖަމުޢިއްޔާތަކަށް ހުޅުވާލަމެވެ.

ވީމާ، ދެންނެވިފައިވާ ގޮތަށް އަލިފުށި ކައުންސިލްގެ އިދާރާއާއި ގުޅިގެން މިމަސައަކަތްތައްކޮށް ދިނުމަށް ޝައުޤުވެރިވާ ކުލަބް ޖަމުޢިއްޔާތަކުން އެޖަމުޢިއްޔާތަކުން ވޭތުވެދިޔަ 2އަހަރު ހިންގާފައިވާ ހަރަކާތްތައް އިނގޭނޭހެން ލިޔުމަކުން އަލިފުށި ކައުންސިލްގެ އިދާރާއަށް 2018 ޖަނަވަރީ 21 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން ސިޓީ ހުށަހެޅުން އެދެމެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

30 ރަބީޢުލްއާޙިރު 1439

17   ޖަނަވަރީ  2018 

17 ޖަނަވަރީ 2018
ހޯދާ