ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. ރީޖަނަލް އޮފީހުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމާގުޅޭ:

ނަންބަރު:FNK-I/IUL/2018/010

 

އިޢުލާން

 

ލ. ރީޖަނަލް އޮފީހުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމާގުޅޭ:

  މިކުންފުނީގެ ލ. ރީޖަނަލް އޮފީހުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ L/LRO/IUL/2017/02 އިޢުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ. މިކަމާބެހޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިންނާއި ލ. ރީޖަނަލް އޮފީހުން ރަސްމީ ދުވަސް ތަކުގެ 8:30 ހުން 14:30 ހަށް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ 22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 12:00 އަށް  މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ލ. ރީޖަނަލް އޮފީހަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

29 ރަބީޢުލްއާޚިރު 1439

16  ޖަނަވަރީ  2018

16 ޖަނަވަރީ 2018
ހޯދާ